ހަބަރު

ތިން ރަށެއްގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރު އަޅަން އިއުލާންކޮށްފި

Feb 5, 2015

ތިން ރަށެއްގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އެޅުމަށް ބީލަން ހުޅަހެޅުމުގެ ފުރުސަތު އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމް ކުރަނީ ނ. ލަންދޫ އާއި ނ. ހެނބަދޫގެ އިތުރުން ރ. އިންނަމާދޫގަ އެވެ. ވަކިވަކިން ކޮށްފައިވާ އިއުލާންތަކުގައިވާ ގޮތުން އެ މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް އެކަން ލިޔުމުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

އެ ތިން ސެންޓަރަކީ ވެސް މޯލްޑިވްސް އެނަވަޔަރްމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން އަޅާ ތިން ސެންޓަރެވެ.