އަހުމަދު ރިލްވާން

ރިލްވާންގެ މައްސަލައިގެ ތަފްސީލު ވޯކިން ގްރޫޕަށްދީފި

May 10, 2016

ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގެ ތަފްސީލީ މައުލޫމާތު އދ. ގެ ވޯކިން ގްރޫޕާ ހިއްސާކޮށްފި އެވެ.

ޖެނީވާގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ދިވެހި ސަރުކާރުގެ ފަރާތުން، ރިލްވާންގެ މައްސަލައިގައި ހުށަހަޅާފައިވާ މައުލޫމާތާބެހޭ ގޮތުން ވާހަކަ ދެއްކުމަށް، ވޯކިން ގްރޫޕްގެ މެންބަރުނާއެކު ދިވެހި ސަރުކާރުގެ ޑެލިގޭޝަނެއް ވަނީ ބައްދަލުކޮށްފަ އެވެ.

ސަރުކާރުން ވަނީ ރިލްވާން ގެއްލުމުގައި ދިވެހި ދައުލަތް އެއްވެސް ގޮތަކަށް ހިމެނޭ ކަމަށް އެ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ރިލްވާންގެ މައްސަލައާ އދ. ވޯކިން ގްރޫޕްގެ މެންޑޭޓާ ގުޅޭ ގުޅުމާމެދު ސަރުކާރުން ވަނީ ސުވާލު އުފައްދާފަ އެވެ.