ހަބަރު

ގަވައިދާ ހިލާފަށް ކުޑަހުވަދޫގައި އަޅާފައިހުރި ޕާޓީ ޖަގަހަތައް ނަގަނީ

ދ. ކުޑަހުވަދޫގައި ހުރި އެމްޑީޕީގެ ޖަގަހައަކާއި ޕީޕީއެމްގެ ޖަގަހައެއް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މި ދެ ޖަގަހައަކީ ގަވައިދާ ހިލާފަށް ކުޑަހުވަދޫގެ އިޖުތިމާއީ ސަރަހައްދުގައި ހަދާފައިވާ ޖަގަހަ ތަކަކަށްވުމާއެކު ކުޑަހުވަދޫ ކައުންސިލްގެ އިދާރާއިން ވަނީ، ވަކި މުހުލަތެއްގެ ތެރޭގައި އެތަންތަން ނެގުމަށް އެމްޑީޕީއަށާއި ޕީޕީއެމް އަށް އަންގާފައެވެ. އެހެން ނަމަވެސް އެ އެންގުމަށް އެ ދެ ޕާޓީ އިން އަމަލުކޮށްފައެއް ނުވެ އެވެ.

މި ދެ ޖަގަހަ ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނީ، ކައުންސިލްގެ އެންގުމާ އެއްގޮތަށް އެތަންތަން ނަގާފައި ނުވާތީ، ކުޑަހުވަދޫ ކައުންސިލްގެ އިދާރާގެ އެދުމުގެ މަތިން ކަމަށް ފުލުހުން ބުނެ އެވެ.