ހަބަރު

ފްލައި އެންޑް ވިން ވިތު އެމެރިކަން އެކްސްޕްރެސް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

Feb 5, 2015

ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް ކާޑް ބޭނުން ކުރައްވާ ކަސްޓަމަރުންނަށް އަމާޒުކޮށް މޯލްޑިވިއަން އާއި ބީއެމްއެލްއިން ހިނގި ފްލައި އެންޑް ވިން ވިތު އެމެރިކަން އެކްސްޕްރެސް ޕްރޮމޯޝަންގެ އެންމެ ފަހުގެ ނަސީބު ނަމްބަރު ހޮވައިފި އެވެ.

މިއަދު  ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތެއްގައި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ހޮވުނީ ގ. ހޯޑެއްދޫ، ވެހި މުހައްމަދު ސިޔާމާއި ގދ. މަޑަވެލި، ގްރީންގޭ ނަޖާހު އަބްދުﷲ އާއި ތ. ތިމަރަފުށީ ކެނެރީގޭ، އައިޝަތު ލިޒްމާ އާއި ގދ. ތިނަދޫ ގުޑްލަކް ހަދީޖާ މުހައްމަދެވެ.

މިދިއަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިދިއަ ޖެނުއަރީގެ ނިޔަލަށް ހިންގި ޕްރޮމޯޝަންގައި ބައިވެރި ކުރީ ބީއެމްއެލްގެ ޕީއީއޯއެސް މެރުވެދިކޮށް އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑް ބޭނުންކޮށްގެން މޯލްޑިވިއަންގެ މަންޒިލްތަކަށް ޓިކެޓް ނެގި ފަރާތްތަކެވެ. ގުރުއަތުން ހޮވުނު ފަރާތްތަކަށް ހިލޭ ޓިކެޓެއް ދެއެވެ.