އެޗްއާރްސީއެމް

ފިޔަވަތީގައި ލާއިންސާނީ އަމަލު ހިންގާތޯ ބަލައިފި

May 12, 2016

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "ފިޔަވަތީ" ގައި ލާއިންސާނީ އަމަލު ހިންގާތޯ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެތަނަށް ޒިޔާރަތްކޮށް ބަލައިފި އެވެ.

އެޗްއާރްސީއެމުން ބުނީ މިއަދު ޒިޔާރާތްކޮށް މޮނިޓާ ކުރުމުގައި ފިޔަވަތިގައި ތިބި ކުދިންނާމެދު އަނިޔާވެރި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލެއް ހިންގާތޯ ބެލި ކަމަށާއި އަދި މުވައްޒަފުންނާއި ތަނުގެ ހާލަތު ވެސް ބަލައި ދެނެގަތް ކަމަށެވެ.

އެ ކޮމިޝަނުން ބުނީ މި ޒިޔަރާތަށްފަހު ފާހަގަ ކުރެވިފައިވާ ކަންކަމުގެ މައްޗަށް އެކުލަވާލައި ކަރުދާހެއް ކުޑަކުދިންގެ ހިޔާއަށް ހިއްސާ ކުރާނެ ކަމަށާއި އަދި ދަތުރާ ގުޅޭ ރިޕޯޓެއް ލޯ އެންޑް ޖެންޑާ އަށް ފޮނުވާނެ ކަމަށެވެ.