ކުޅިވަރު

"ފަހި ނުވައެއް ތޭރަ" ކުޅިވަރުތަކުގެ ގުރުއަތުލުން ނަގައިފި

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ދެބައިވުން ފާހަގަކުރުމަށް ބޭއްވުމަށް ހަމަޖައްސާފައިވާ "ފަހި ނުވެއެއް ތޭރަ" ކުޅިވަރު ފެސްޓިވަލްގެ މުބާރާތްތަކުގައި ވާދަކުރާ ޓީމުތަކުގެ މެދުގައި ގުރުއަތުލުން ނަގައިފި އެވެ.

މިރޭ ދަރުބާރުގޭގައި އޮތް ރަސްމިއްޔާތެއްގައި ގުރުއަތުލުން ނަގާފައިވާއިރު، މި ރަސްމިއްޔާތުގައި ޓީމުތަކުގެ ގިނަ މެންބަރުން ވަނީ ބައިވެރިވެފަ އެވެ. މިރޭ ގުރުއަތުލުން ނަގާފައިވަނީ ފެސްޓިވަލްގައި ކުރިއަށްދާނެ ފަސް މުބާރާތެއްގަ އެވެ. އެއީ ހޭންޑް ބޯލް، ނެޓް ބޯލް، ފުޓްސަލް (އަންހެން އަދި ފިރިހެން)، ބަށިބޯޅަ އަދި ބައިބަލާ އެވެ.

ބަށިބޯޅަ:

ގުރޫޕް އޭ: ގުރޫޕް ބީ:
އަރާތަރި ހުޅުމާލެ ވުމެންސް ސްޕޯޓްސް
ވިދުވަރު ނިއުސްޓާ
ހުޅުމާލެ ދިރުން ހުޅުމާލެ ވުމެންސް ސްޓާ

ހޭންޑް ބޯލް:

ގުރޫޕް އޭ: ގުރޫޕް ބީ:
އެސިސާ ޕޮލިސް
ޓްރެކްސް ފްރެންޑްސް ތައުލީމީ ގުޅުން
ދިވެހި ސިފައިންގެ ކުލަބް ސިޓީ ބޭކަރީ

ނެޓް ބޯލް:

ގުރޫޕް އޭ: ގުރޫޕް ބީ:
ޖޭއެސް ޕޭރެންޓްސް ބިލަބޮންގް
އެމްއެސް ޕޭރެންޓްސް ވެޓްރަންސް
ފިއޮންޓި ސްޕޯޓްސް ކުލަބް ޓީއެސް ޕޭރެންޓްސް
ޒެނިތް

ފުޓްސަލް (އަންހެން):

ގުރޫޕް އޭ: ގުރޫޕް ބީ:
އެމްއެންޑީއެފް އެމްއޭސީއެލް
އެމްޕީއެލް ޓީމް ފެނަކަ
އެސްޓީއޯ ޕޮލިސް

ފުޓްސަލް (ފިރިހެން):

ގުރޫޕް އޭ: ގުރޫޕް ބީ:
އެޗްޑީސީ އެމްޓީސީސީ
އެމްޑަބްލިއުއެސްސީ ސްޓެލްކޯ
އެސްޓީއޯ އެމްޕީއެލް

ގުރޫޕް ސީ: ގުރޫޕް ޑީ:
މޯލްޑިވިއަން އެމްއާރްޑީސީ
ކްލަބް އިމިގްރޭޝަން ޓީމް ފެނަކަ
ބީއެމްއެލް އެމްއޭސީއެލް

ބައިބަލާ:

ބައިބަލާގައި ވާދަކުރާ ޓީމުތައް:
ކްލަބް ޓީނޭޖް
ވީއެންޑީޕީ
ހައްހާ ވައިކަންމަތި
މީޓް ދަ އީގަލްސް
އީގަލްސް އިން އެޗްޑީ
އީގަލްސް އިން ތްރީޑީ
ބީޖީ ނިއު ޖެނަރޭޝަން
ބީޖީ ފިއުޗާ ޖެނަރޭޝަން

ބާސްކެޓް:

ބާސްކެޓްގައި ގުރުވަތުލުން ފަހުން ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މި މުބާރާތުގައި ޖުމްލަ 14 ޓީމަކުން ބައިވެރިވެ އެވެ. އެއީ އަންހެން ފަސް ޓީމަކާއި ފިރިހެން ނުވަ ޓީމެކެވެ. މި މުބާރާތް ކުރިއަށް ދާނީ ފައިބާ ގަވާއިދަށް ވަން ޑޭ ނޮކް އައުޓް ސްޓޭޖަށެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިއަދު ސަރުކާރުގެ މެނިފެސްޓޯގައި އެންމެ އިސްކަމެއްދީފައި އޮތީ ޒުވާނުންނަށް ކަމަށެވެ. އެއަށްފަހު އިގްތިސޯދު އަދި އަމަން އަމާން ކަމަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މީގެކުރިން އެހެން ސަރުކާރަކުން އިސްކަން ނުދޭ މިންވަރަށް މި ސަރުކާރުން ކުޅިވަރަށާއި ޒުވާނުންނަށް އިސްކަންދެމުންދާ ކަމަށެވެ.

"ދުޅަހެޔޮ މުޖުތަމައުއަކަށްޓަކައި ކުރެވޭނެ އެންމެ ބޮޑު ކަންތައްތައް މިއަދުގެ ސަރުކާރުން އެދަނީ ކުރައްވަމުން، އެހެންވީމަ މި ކުޅިވަރު މުބާރާތްތަކުގައި އެއްވެސް އިންކާރުކުރުމެއް ނެތި ދިވެހި ރައްޔިތުން ބައިވެރިވަނީ، ދިވެހިންގެ ލޯބި މި ސަރުކާރަށް ލިބެނީ އެހެންވެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މި ފެސްޓިވަލްގެ ސަބަބުން މާފަންނު ސްޓޭޑިއަމަށް ވެސް ތަރައްގީތަކެއް އަންނާނެ ކަމަށެވެ. ޔޫތް މިނިސްޓްރީން އިސްނަގައިގެން ފެސްޓިވަލަށްޓަކައި ސްޓޭޑިއަމްގެ ބައެއް މަރާމާތުތައް ކުރަމުންދާ ކަމަށެވެ.

ފެސްޓިވަލް ބާއްވަނީ މި މަހުގެ 17 ވަނަ ދުވަހު މާފަންނު ސްޓޭޑިއަމްގަ އެވެ. މި ފެސްޓިވަލް އިންތިޒާމްކުރުމުގައި އިސްވެ ހުންނެވި ފަސްޓް ލޭޑީ، މެޑަމް ފާތިމަތު އިބްރާހީމްގެ އެދި ވަޑައިގަތުމަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބައިވެރިވެވޭނެ ގޭމްސްތަކެއް ވެސް ކުރިޔަށް ގެންދަން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ހުރިހާ އެންމެންނަށް ބައިވެރިވެވޭނެ ގޮތަށް ޒުންބާ ވެސް ފެސްޓިވަލްގައި ކުރިއަށްދާނެ އެވެ.

މި ފެސްޓިވަލްގައި ހާއްސަ ސްޓޯލްތަކެއް ވެސް ގާއިމުކުރަން ވަނީ ހަމަޖެހިފަ އެވެ. އެ ސްޓޯލްތަކުން ކޫޕަން ދޫކުރާއިރު ނަސީބުވެރިން ހޮވައި، އިނާމްތައް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ. އޭގެއިތުރަށް އެ ރޭ މޯލްޑިވިއަން އައިޑޮލްގެ ބައެއް ބައިވެރިންނާއެކު ހާއްސަ ޝޯއެއް ވެސް ބާއްވާނެ އެވެ.