ބޭރު ކުޅިވަރު

ލަލީގާގެ ރަންބޫޓު ސުއަރޭޒަށް

ސްޕެނިޝް ލީގުގެ ރަންބޫޓު ލުއިސް ސުއަރޭޒަށް ލިބިއްޖެ އެވެ.

ގްރަނާޑާ އަތުން ބާސެލޯނާ މިރޭ 3-0އިން މޮޅުވި މެޗުގައި ސުއަރޭޒް ޖެހި ގޯލާއެކު އޭނާ މި ސީޒަނުގައި ޖެހި ގޯލުގެ އަދަދު ވަނީ 40 އަށް އަރައިފަ އެވެ. މީގެ ތެރޭގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ޖެހި 14 ގޯލު ވެސް ހިމެނެ އެވެ.

ސުއަރޭޒް އަކީ 2009 ވަނަ އަހަރުގެ ފަހުން ބާސެލޯނާގެ ލަޔޮނަލް މެސީ އާއި ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ރަންބޫޓު ހޯދަމުން އައި ސިލްސިލާ އަށް ނިމުން ގެނުވި ކުޅުންތެރިޔާ އެވެ.

ލިވަޕޫލުން މީގެ ދެ އަހަރު ކުރިން ބާސެލޯނާއާ ގުޅުނު ސުއަރޭޒް ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 52 މެޗުން 60 ގޯލު ޖަހާފަ އެވެ. އޭނާ އަކީ ބާސެލޯނާގެ ލަޔޮނަލް މެސީ އަށް ފަހު 50 ގޯލު ޖެހި އެ ޓީމުގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.

މި ސީޒަނުގައި ލީގުގައި މެސީ ދިޔައީ ލަނޑު ލިސްޓުގެ ތިން ވަަނަ އަށެވެ. އެއީ 26 ގޯލާއެކުގަ އެވެ. ދެ ވަަނަ އަށް ދިޔައީ ރޮނާލްޑޯ އެވެ. އޭނާ ޖަހާފައިވަނީ 51 ގޯލެވެ. މިއީ ރޮނާލްޑޯ ޖެހިޖެހިގެން 50 ގޯލު ޖެހި ހަވަނަ ސީޒަނެވެ.