ދިރާގު

ދިރާގުން "ގެސްޓް ހައުސް އިންޓަނެޓް" ތައާރަފުކޮށްފި

May 17, 2016

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނިކަމަށްވާ ދިރާގުން ގެސްޓް ހައުސްތަކަށް ހާއްސަ އިންޓަނެޓް ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ "ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކް" ގާއިމް ކުރެވިފައި ނުވާ ރަށްރަށުގައި ހިންގާ ކޮންމެ ގެސްޓް ހައުސް ވިޔަފާރިއަކަށް ވެސް ދިރާގުން އަލަށް ތައާރަފް ކުރި "ގެސްޓް ހައުސް އިންޓަނެޓް" ގެ ހިދުމަތް މެދުވެރިކޮށް ހާއްސަ ކޭބަލް ކަނެކްޝަނެއް ޤާއިމްކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން ހަލުވި ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް ލިބިގެންދާނެ ކަމަށާއި، އަދި މަ ހުފީ ދެއްކުމަށްފަހު ގެސްޓް ހައުސްތަކަށް "އަން-ލިމިޓެޑް އިންޓަނެޓް" ގެ ހިދުމަތް ހޯއްދެވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

"މި ހިދުމަތާއި އެކު ފައިބާ އޮޕްޓިކް ކޭބަލާއިއެކު އަވަސް އިންޓަނެޓްގެ ހިދުމަތް، އެންމެ ޒަމާނީ، ކްލައުޑް ވައި-ފައި ނެޓްވާކް ސިސްޓަމް މެދުވެރިކޮށް އަމިއްލަ ވައި-ފައި ހޮޓްސްޕޮޓް ހިދުމަތާއިއެކު، ގެސްޓްހައުސްގައި ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ފުރުސަތު ގެސްޓްހައުސް ހިންގަވާ ފަރާތްތަކަށް ހުޅުވިގެންދާނެ އެވެ،" ޕޮއިންޓް ފޯމަށް ދިރާގުން އާއްމުކުރި ލިއުމެއްގައިވެ އެވެ.

ދިރާގުން ބުނީ ޕެކޭޖާއިއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ ހިދުމަތްތަކުގެ ތެރޭގައި ކްލައުޑް-ބޭސްޑް ސެންޓްރަލައިޒްޑް ވައި-ފައި މެނޭޖްމަންޓް ސިސްޓަމް، ޔުނިފައިޑް ތްރެޓް މެނޭޖްމަންޓް (ޔޫޓީއެމް) ޓްރެފިކް އެނަލައިޒްކޮށް ބޭނުންކުރެވޭ މިންވަރު ވަގުތުން މެނޭޖްކުރުން، ގެސްޓް ޕޯޓަލް އަދި ބްރޭޑްކޮށްފައިވާ ގެސްޓް ލޮގިން ޕޭޖް، ގެސްޓުންނަށް ތަފާތު ޕެކެޖުތައް ފަރުމާކުރުން، ފަސޭހަކަމާއެކު އެކްސެސް ކޯޑު ޖެނެރޭޓް ކުރުން، އަދި ހާއްސަ ރިލޭޝަންޝިޕް މެނޭޖްމަންޓް ގެ އިތުރުން 24 ގަޑިއިރުގެ ޓެކްނިކަލް ސަޕޯޓް ލިބިވަޑައިގަންނަވާނެ ކަމަށެވެ.