މޫސުން

މެދު އަތޮޅުތަކަށް ވައިގަދަވާނެ، ސަމާލުވޭ!

މެދު ރާއްޖެ ތެެރެއަށް 40-30 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ވަނީ މެދު ރާއްޖެ ތެރެއަށް ޔެލޯ އެލާޓް ނެރެފަ އެވެ. ޔެލޯ އެލާޓަކީ، ދިވެދާނެ ކަންކަމަށް ތައްޔާރުވެދިނުމަށް އެންގުމުގެ ގޮތުން ނެރޭ އެލާޓެކެވެ. މި އެލާޓް ނެރެނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ނަގޫ ރޯޅިއެއް އަރާފާނެ ފަދަ ހާލަތްތަކުގަ އެވެ. ޔެލޯ އެލާޓް ނެރެފައިވަނިކޮށް ކަނޑު ދަތުރުކުރުމަކީ ރައްކާތެރިކަމެއް ނޫނެވެ.

މެޓް އޮފީހުން މެދުރާއްޖެ ތެރެއަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު 17:45 އިން ފެށިގެން މިރޭގެ 21:45 އާ ހަމައަށެވެ.

އާންމު ގޮތެއްގައި 40-30 މޭލު ދެމެދު ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުނެފައިވާއިރު ހުޅުމާލެ އާއި ވިލިމާލެ ފެރީގެ ހިދުމަތް ވެސް ވަނީ މެދުކަނޑާލާފަ އެވެ.