ހަބަރު

ތިލަފުށި ކައިރިން ދަތުރު ކުރި ދޯންޏެއް ބަނޑުން ޖަހާލައިފި

ތިލަފުށި ކައިރިން ދަތުރު ކުރަމުންދިޔަ މަސް ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ. އޭރު އެ ދޯނީގައި ފަސް މީހުން ތިބި ކަމަށްވެ އެވެ.

އަވަސް އަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ އެހާދިސާ ހިނގިކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދު އިރުއޮއްސި ހަގަޑި ތިރީސްކަން ހާއިރު ކަމަށެވެ. އަދި ހަގަޑި ފަންސާސް ހާއިރު އެމްއެންޑީއެފް ކޯސްޓު ގާޑުން އެމީހުން ސަލާމަތްކޮށްގެން މާލެ ގެނެސްފައިވާ ކަމަށެވެ.

އެވަގުތު ދޯނީގައި ތިބި މީހުންގެ ތެރެއިން އެކަކުގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި އެހެން މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އަދި އެމީހާއަށް ފަރުވާ ދީފައިވާނެ ކަމަށެވެ. އޭރު ދޯނީގައި ތިބީ ދެ ދިވެހިންނާއި ތިން ބިދޭސީން ކަމަށްވެ އެވެ.

މިދުުވަސްވަރު މުޅި ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުވަނީ ގަދަވެފަ އެވެ،