ހަބަރު

ވައިސް ޗީފް ޕާކިސްތާނަށް ފުރާ ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޝާހިދު ޕާކިސްތާނަށް މިރޭ ފުރާވަޑައިގަންނަވިފިއެވެ.

ވައިސް ޗީފް ޕާކިސްތާނަށް ކުރައްވާ މި ދަތުރުަކީ ދިވެހިރާއްޖެއާއި ޕާސްތާނާއި ދެމެދު ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ބާއްވާ ދެވަނަ ސްޓާފް ޓޯކްސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ. މައްދަލުވުން އޮތީ މިމަހު 18 އިން 19 އަށެވެ.

ވައިސް ޗީފް ޝާހިދުގެ މި ދަތުރުގައި ކާނަލް ހާމިދު ޝަފީގާއި ކެޕްޓަން މުހައްމަދު ފަހުމީ ބައިވެރިވެވަޑައިގަންނަވައެވެ.