އެލައިޑް އިންޝުއަރެންސް

ދުޅަހެޔޮ ސިއްހަތަށް ހޭލައްވަން އެލައިޑުން ފެސްޓިވަލެއް ބާއްވަނީ

May 19, 2016
2
  • ފެސްޓިވަލް ފަށާނީ މިމަހުގެ 27 ގައި
  • ސިއްހަތާބެހޭ ރަނގަޅު މައުލޫމާތު ލިބޭނެ
  • ބައެއް ޓެސްޓްތައް ހެދޭނެ

ދުޅަހެޔޮ ސިއްހަތެއްގައި ތިބެން އާއްމުން ހޭލުންތެރި ކުރުވަން އެލައިޑުން ބާއްވާ ލައިފް އެންޑް ހެލްތް ފެސްޓިވަލް މި މަހު އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

"ލައިފް އެންޑް ހެލްތް ފެސްޓިވަލް" ގެ ނަމުގައި ބާއްވާ މި ފެސްޓިވަލުގެ މައުލޫމާތު ދިނުމަށް އެލައިޑް އިންޝުއަރެންސުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ މި ފެސްޓިވަލްގެ މަގުސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އާއްމުން ހޭލުންތެރި ކުރުވައި، އެ ކުންފުނީގެ ހެލްތް އިންޝުއަރެންސް ޕްރޮޑަކްޓަރުގެ މައުލޫމާތު ފެތުރުން ކަމަށެވެ.

"ހެލްތް އިންޝުއަރެންސަކީ ހެލްތީ ފައިފް ސްޓައިލްގެ ބައެއް. މި ފެސްޓިވަލްގެ އަމާޒަކީ އިންޓަނޭޝަނަލް ކުރުންވެސް ޕްލޭންގައި އެބައޮތް،" އަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފެސްޓިވަލް ބޭއްވުމުގެ މަގުސަދަކީ އެކި ފަރާތްތަކުން ފުޅަހެޔޮ ސިއްހަތެއްގައި ތިބުމަށްދޭ ހިދުމަތްތައް އަންގައި ދިނުން ކަމަށެވެ.

"މިތާނގައި ކެފޭއަކުން ހެދިކާ ވިއްކާކަށް ފުރުސަތެއް ނެތް. މިތަނުގައި ހުންނާނީ ހެލްތީ ފުޑް،" އަމީލް ވިދާޅުވި އެވެ.

އެލައިޑުން ބާއްވާ މި ފެސްޓިވަލް އޮންނާނީ މިމަހުގެ 27-28 ދެ ދުވަހު ރަސްފަންނުގަ އެވެ. މި ފެސްޓިވަލްގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ޑައިބެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި އެސްޓީއޯ އާއި ޓީއެފްޖީ އަދި ހީޓާއި ގްލޯ ފިޓްނަސްއިން ވެސް ބައިވެރިވެ އެވެ. ފެސްޓިވަލް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.