ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖެ އަންނަ ޓޫރިސްޓުންނަށް އިންޝުއަރެންސް ޕެކޭޖުތަކެއް ތައާރަފުކޮށްފި

އެލައިޑް އިންޝުއަރެންސް: ޓޫރިސްޓުންނަށް ހާއްސަ ޕެކޭޖެއް ވަނީ ނެރެފައި -- ފޮޓޯ: އަވަސް
0%
0%
0%

ކޮވިޑް-19 ގެ މިހާލަތުގައި ރާއްޖެ އަންނަން ތިބި ޓޫރިސްޓުންގެ އިތުބާރު ބޮޑު ކުރުމުގެ ގޮތުން، ދެ އިންޝުއަރެންސް ޕޮލިސީއެއް އެލައިޑް އިންޝުއަރެންސުން މިއަދު ތައާރަފު ކޮށްފި އެވެ.

އެލައިޑް "އިންބައުންޑް" އަދި "އިންބައުންޑް ޕްލަސް" ގެ ނަމުގައި ޓޫރިސްޓުންނަށް ހާއްސަކޮށް މި އިންޝުއަރެންސް ޕެކޭޖުތައް ތައާރަފުކޮށްދެއްވީ ވާޗުއަލްކޮށް މިއަދު ބޭއްވި ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި އެލައިޑް އިންޝުއަރެންސުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒު އެވެ.

އެލައިޑުން ބުނީ މި އިންޝުއަރެންސް ޕެކޭޖު ނަގަން ޖެހޭނީ ރާއްޖެ އައުމުގެ ކުރިން ކަމަށާ، އެގޮތުން ހަތް ދުވަހަށް އަންނަ ޓޫރިސްޓުންނާއި އެއަށް ވުރެ ގިނަ ދުވަހަށް އަންނަ މީހުންނަށް ވެސް ދެ ޕެކޭޖު ނެގިދާނެ ކަމަށެވެ.

އެލައިޑް އިންބައުންޑު ނަގާ ފަރާތްތަކުން ހަތް ދުވަހަށް ޕެކޭޖު ނަގާނަމަ ޕްރިމިއަމްގެ ގޮތުގައި ދައްކަން ޖެހެހީ 25 ޑޮލަރެވެ. އަދި ހަތް ދުވަހަށްވުރެ އިތުރުވާނަމަ ޕްރިމިއަމްއަކީ 35 ޑޮލަރެވެ. އަދި އެލައިޑް އިންބައުންޑް ޕްލަސް ހަތް ދުވަހަށް ނަގާނަމަ 35 ޑޮލަރަށް އަދި ހަތް ދުވަހަށް ވުރެ އިތުރުވާނަމަ 45 ޑޮލަރަށް ލިބޭނެ އެވެ.

މި ޕެކޭޖުން އައިސޮލޭޝަން ފެސިލިޓީ އަށް ހިނގާ ހަރަދާއި އިމަޖެންސީ ހާލަތްތަކުގައި މެޑިކަލް ފެސިލިޓީ އަކަށް ކަނޑުމަގުން ޓޫރިސްޓުން ގެންދާނަމަ އެކަމަށްދާނެ ހަރަދާއި ޓޫރިސްޓަރު މަރުވެއްޖެނަމަ ވަޅުލުން ފަދަ ހަރަދުތައް ކަވަރު ކުރެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި އިންޝުއަރެންސުގެ ޕެކޭޖުގެ ސަބަބުން ޓޫރިސްޓުންގެ އިތުބާރު ބޮޑު ވެގެންދާނެ ކަމަށެވެ.

އިންޝުއަރެންސް ޕެކޭޖެއް ތައާރަފު ކުރިއިރު، އެންމެ ގިނަ މީހުން އަންނާނެ ކަމަށް ބެލެވޭ ގެސްޓްހައުސް ސެކްޓާ މިމަހުގެ 15 ވަނަ ދުވަހު ޓޫރިސްޓުންނަށް ހުޅުވާލާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު އަންނާނީ 100،000 ޓޫރިސްޓުންނެވެ. އަދި މިހާތަނަށް އައިސްފައިވަނީ 22،000 އެއްހާ ޓޫރިސްޓުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
December
SunMonTueWedThuFriSat
123456789101112131415161718192021222324252627282930311234567891011