އުރީދޫ

އުރީދޫ އިން ބާއްވާ ޕީއެސްޖީ ކޯޗިން ކޭމްޕްގެ ދެވަނަ ބުރު އަންނަ މަހު

May 19, 2016

ފްރާންސްގެ، ޕެރިސް ސެއިންޓް ޖެމައިން، ޕީއެސްޖީ ކްލަބްގެ އެކަޑަމީއާ ގުޅިގެން އުރީދޫ އިން ރާއްޖޭގައި ބާއްވަމުން އަންނަ ކޯޗިން ކްލިނިކްގެ ދެވަނަ ބުރު އަންނަ މަހުގެ ތިނަކުން ހަތަރަކަށް މާލޭގައި ބާއްވަން ނިންމައިފި އެވެ.

ފުޓްބޯޅައިން ގިނަ ދިވެހި ކުދިންތަކެއް ތަމްރީން ކުރުމުގެ މަގުސަދުގައި އުރީދޫ އިން ބާއްވަމުން އަންނަ މި ކޯޗިން ކްލިނިކްގެ ދެ ވަނަ ބުރުގައި ވެސް ފްރާންސްގެ އެންމެ ހުނަރުވެރި ކޯޗުން ރާއްޖެ ގެނެސް ކޭމްޕްގައި ބައިވެރިވާ ކުދިންނަށް ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އުރީދޫގެ ސީއީއޯ ވިކްރަމަ ސިންހާ ވިދާޅުވީ، އެ ކޯޗިން ކޭމްޕްގެ ސަބަބުން ދިވެހި ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދީ، އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ބޭނުންވާ ތަމްރީނު ހޯދައިދީ، އެކުދިންގެ ހުނަރު ތަރައްގީކުރެވިގެންދާނެ ކަމަށެވެ.

މި އަހަރުގެ ކޯޗިންގ ކްލިނިކްގައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހޮވާލެވޭ ހުނަރުވެރި ތަރިންނާއި، އުރީދޫގެ ޑިޖިޓަލް ކެމްޕޭންގެ ދަށުން ހޮވާލެވޭ އުންމީދީ ކުޅުންތެރިން ބައިވެރިވާނެއެވެ.

"ފުޓުބޯޅައަށް ލޯބިކުރާ ރާއްޖޭގެ ޒުވާނުންނާއި ހަމައަށް ޕީއެސްޖީ އެކަޑެމީ އެނބުރި އަންނާތީވެ، އެފަރާތައް ހޫނު މަރުހަބާ ކިޔަން. އުރީދޫ-ޕީއެސްޖީ ކްލިނިކްއަކީ، ޒުވާން ކުދިންނަށް މަދުން ނޫނީ ނުލިބޭފަދަ ފުރުސަތެއް ހޯދައިދީ، އެކުދިންގެ ހުނަރުތައް ތަރައްގީކޮށް، އުއްމީދުތައް އާލާކޮށްދީ، ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދޭނެ ހަރަކާތެއް." އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހާ ވިދާޅުވިއެވެ.

ކުރީ އަހަރާއި އެއްގޮތަށް، އުރީދޫއިންވަނީ ސޯޝަލް މީޑިޔާގައި، ޕީއެސްޖީ އެކެޑެމީ އާއި ގުޅުވާއިގެން ހާއްސަ ކެމްޕޭނެއް ފަށާފައެވެ. މިކެމްޕެއިންގައި، ޕީއެސްޖީ އެކަޑެމީގައި ބައިވެރިވުމަށް ބޭނުންވާ 16އަހަރުން ދަށުގެ ޒުވާން ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް #OoredooPSGAcademy ހޭޝްޓެގް ބޭނުންކޮށްގެން ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމްއަށް އެކުދިންގެ ފުޓްބޯޅަ ހުނަރު ދައްކުވައިދޭ ވީޑިއޯ އަޕްލޯޑުކުރެވޭނެ އެވެ. މީގެ ތެރެއިން އެންމެ މޮޅު ހުނަރުތައް ދައްކާލަދޭ އެންމެ އުންމީދީ ތަރިން ހޮވައި، ޓްރޭނިންގައި ބައިވެރިވުމުގެ ފުރުސަތު ދޭނެ އެވެ.

ޕީއެސްޖީ ކޯޗިން ކޭމްޕްގައި ބައިވެރިވުމަށް، 24 މޭ 2016 އާ ހަމައަށް ސޯޝަލް މީޑިޔާގައި ވީޑިއޯ އަޕްލޯޑްކުރުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

މިޕްރޮގްރާމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށާއި، ޒުވާން ކުދިންގެ އުންމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ބާރުއެޅުމަށް، އުރީދޫ އާއި ޕެރިސް ސެއިންޓް ޖަމެއިންއިން ހިންގާ ޕްރޮގްރާމެކެވެ. އުރީދޫ އަކީ ރާއްޖޭގައި ކުޅިވަރުގެ ރޫހު އާލާކޮށް، ކުޅިވަރުގެ ދާއިރާ ކުރިއަރުވަން އަހަމިއްޔަތު ދީގެން، އެކަމަށް ހާއްސަކޮށް ގިނަ ޙަރަކާތްތަކެއް ހިންގަމުންދާ ކުންފުންޏެކެވެ.