ކާނާ

މިއަދު ގާލިކް ޗިކަން ތައްޔާރު ކޮށްލަން ކިހިނެއް ވާނެ؟

މިއަދަކީ ހުކުރު ދުވެހެވެ. ކުކުޅަށް ހާއްސަ ދުވަހެވެ. ހުކުރު ދުވަސް ވިއްޔާ ކުކުޅު ރިހަ އެވެ. އެ ކައިކައި ފޫހިވެއްޖެ ދޯ އެވެ. އެހެން ވީމަ މިއަދު ކުކުޅުގައި ތަފާތު އެއްޗެއް ތައްޔާރުކޮށްލަން ހިނގާށެވެ. އެހެންވީމަ ގާލިކް ޗިކަން ތައްޔާރު ކުރަން އުޅޭށެވެ. ތި ކަައްކާ ރިހަ ގަނޑަށްވުރެ ކައްކަން ފަސޭހަވެފައި މީރުވާނެ އެވެ. އަނެއްކާ މާ ގިނަ ވަގުތެއް ބޭނުމެއް ނުވާނެ އެވެ. 20 ވަރަކަށް މިނެޓެވެ. ހެނދުނު ހެނދުނާ ބަދިގެ އަށް ނުވަނަސް ހުކުރުން އަންނަން ވާއިރަށް ރެޑީ ކޮށްލެވޭނެ އެވެ.

މާގިނަ އެއްޗެހި ބޭނުމެއް ނުވޭ

ގާލިކް ޗިކަން ތައްޔާރު ކުރަން މާގިނަ އެއްޗެހި ބޭނުމެއް ނުވެ އެވެ.

ތިން ސައި ސަމްސާ ބަޓަރު
ހަތަރު ބޯންލެސް ޗިކަން ބްރަސްޓު (ހަން ފިލުވާފައި)
ދެ ސައިސަމްސާ ގާލިކް ޕައުޑާ
އެއް ސައިސަމްސާ ލޮނު (ސީޒަނިން)
އެއް ސައސަމްސާ އޮނިއަން ޕައުޑާ

ތައްޔާރު ކުރަން އުނދަގުލެއް ނޫން

އަވަސް އަރުވާލާފައި އުޅޭނެ ކަމެއް ނެތެވެ. ހަމަ ޖެހިގެން ބަދިގެއަށް ވަންނާށެވެ. ތަވައަކަށް ބަޓަރު ކޮޅު އަޅާލުމަށްފަހު މެދު މިނެއްގަި އުނދުނުގެ ގިނި ބަހައްޓައިގެން ދިޔާކޮށްލާށެވެ. އެއަށްފަހު ކުކުޅު ކޮޅު އަޅާލުމަށްފަހު އޭގެ މައްޗަށް ރަނގަޅަށް ގާލިކް ޕައުޑާކޮޅާއ، އޮނިއަން ޕައުޑާ ކޮޅު އަދި ލޮނު ކޮޅު ސްޕްރިންކްލް ކޮށްލާށެވެ. ކުކުޅުގެ ދެ ފަރާތަށް ސްޕްރިންކްލް ކޮށްލަންވާނެ އެވެ. މާގިނަ އިރެއް ނޫނެވެ. 10 ނުވަތަ 15 މިނެޓް ވަންދެން އުނދުންމަތީ ބަހައްޓައިގެން ކުކުޅުކޮޅު ރޯ ފިލުވާލާށެވެ.