ބޭރު ކުޅިވަރު

ޔޫރޯގެ ކުރިން ޔުކްރޭނުގެ ދެ ކުޅުންތެރިން ސުލްހަވެރިވަނީ

އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން ޔުކްރޭނުގެ ދެ ކުޅުންތެރިންގެ ހީނަރުވެފައިވާ ގުޅުން ރަނގަޅުކުރަން އެއްބަސްވެ، ދެ ކުޅުންތެރިން ސުލްހަވެރިވެއްޖެ އެވެ.

މި ދެ ކުޅުންތެރިންނަކީ ޝަކްޓާ ޑޮނެސްޓްގެ މިޑްފީލްޑަރު ސްޓެޕަނެންކޯ އާއި ޑީނަމޯ ކިއޭވްގެ ފޯވަޑް ޔާމެލެންކޯ އެވެ.

ގައުމީ ޓީމަށް ވެސް ނަގާފައިވާ މި ދެ ކުޅުންތެރިންގެ ގުޅުން ގޯސްވީ މިދިޔަ މޭމަހުގެ އެއްވަނަ ދުވަހު ކުޅުނު ލީގު މެޗުގައި ޔާމަލެންކޯ، ސްޓެޕަނެންކޯގެ ގައިގައި ޖެހުމުންނެވެ. އޭނާ ޖެހީ ސްޓެޕަނެންކޯ ޑީނަމޯ ކިއޭވްގެ ސަޕޯޓަރުންގެ ކުރިމަތީގައި ޖާޒީގައިވާ އޭނާގެ ކުލަބުގެ ބެޖަށް ބޮސްދީފައިވާ އުފާފާޅު ކުރުމުންނެވެ.

މި ހާދިސާ އަށް ފަހު ސްޓެޕަނެންކޯ ބުނީ ޔާމަލެންކޯއަކީ މީގެ ފަހުން ރަހުމަތްތެރިއެއްނޫން ކަމަށާއި ގުޅުން ކަނޑާލައިފިން ކަމަށެވެ.
ނަމަވެސް ޔޫރޯ އަށް ދާ ގައުމީ ޓީމަށް ނެފުމުން ހޯމަ ދުވަހު ޕްރެސްކޮންފަރެންސެއް ބާއްވައި ދެ ކުޅުންތެރިން ވަނީ ސަލާމްކޮށްފަ އެވެ.
"އަހަރެން ބޭނުން ޓީމުގެ ތެރޭގައި އެކުވެރިކަން އޮންނަން. އަހަރުމެން ދެމީހުންގެ މެދުގައި ވެސް މައްސަލައެއްނެތް. ޕްރެސް ކޮންފަރެންސްގައި ޔާމަލެންކޯ ބުންޏެވެ.

މި ޕްރެސްކޮނަފަރެންސްގައި ސްޓެޕަނެންކޯ ބުނީ "ހިނގައިދިޔަ ކަންކަމާ ގުޅޭގޮތުން އަަހަރުމެން މަޝްވަރާކޮށްފިން،" ކަމަށާއި "އަހަރުމެން އުއްމީދުކުރަނީ ދެން މިފަދަ ކަމެއް ނުވާނެ ކަމަށް،" ކަމަށެވެ.

ޔޫރޯގައި ޖަރުމަނު ހިމެނެނީ ގްރޫޕް ސީގަ އެވެ. މި ގްރޫޕުގައި ހިމެނެނީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއި ޕޮލެންޑް އަދި ނޮދަން އަޔަލޭންޑެވެ.