ޖަރުމަނު ކަޕް ފައިނަލުގައި މިރޭ ކުރީގެ ކުލަބު ބޮރޫޝިޔާ ޑޯޓްމުންޑާ ދެކޮޅަށް މާރިަޯ ގޮޓްޒޭ އަށް ނުކުޅެވޭނެ ކަމަށް ބަޔާން މިއުނިކުން ބުނެފި އެވެ.
ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބުކޮށްދޭން ފައިނަލުގައި އާޖެންޓީނާ ކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާ އަށް ނުކުޅެވެނީ މޭކަށިގަނޑުގައި ރެނދުލައިފައިވާތީ އެވެ.
ގޮޓްޒޭ ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ބަޔާނަށް ދެ ގޯލު ވެސް ޖަހައިދީފަ އެވެ. އޭނާ އަކީ އަންނަ ސީޒަނުގައި ލިވަޕޫލަށް ގެންދިއުމަށް އެކުލަބުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކުޅުންތެރިއެކެވެ.
ސްޕޭނުގެ ކޯޗު ޕެޕް ގާޑިއޯލާ ބަޔާން އަށް ކޯޗުކޮށްދޭ އެންމެ ފަހު މެޗަކަށްވާނީ މި މެޗެވެ. އަންނަ ސީޒަނުގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އަށް ބަދަލުވާ ކޯޗު ވަނީ މި ސީޒަނުގެ ޖަރުމަނު ލީގު ބަޔާން އަށް ހޯދައިދީފަ އެވެ.
ޖަރުމަނުކަޕް ހަތަރު އަހަރު ތެރޭގައި ތިން ވަނަ ފަހަރަށް ހޯދަން ބަޔާން މިރޭ ނުކުންނައިރު މިއީ ޖެހިޖެހިގެން ޑޯޓްމުންޑް ފައިނަލުގައި ކުޅޭ ފަސް ވަނަ ފަހަރެވެ. ނަމަވެސް އެންމެ ފަހުގެ ތިން ފައިނަލުން އެ ޓީމު ވަނީ ބަލިވަފެ އެވެ.
އަދި މި މެޗަކީ ބޮރޫޝިޔާ ޑޯޓްމުންޑްގެ ކެޕްޓަން މެސުޓް ހުމެލްސް ވެސް އެ ޓީމަށް ކުޅެދޭނެ އެންމެ ފަހު މެޗެވެ. އޭނާ ބަދަލުވާނީ ކުރީގެ ކުލަބު ބަޔާން އަށެވެ.