ފިނިޕޭޖް

ނަހުލާގެ ބިރުވެރި ފިލްމު ޕްރިމިއާ ކުރާ ތާރީޚް މިއޮތީ

ދިވެހި ސިނަމާގެ ނަހޫ ސްޓައިލަށް ޑައިރެކްޓަރު ފާތިމަތު ނަހުލާ އިންގިލާބެއް ގެންނަނީ އެވެ. "ފޯފޯޓޫސިކްސް" ގެ ނަން ދީފައިވާ މި އިންގިލާބެއް އޮލިމްޕަހަށް ބަންޑުންވާނެ ތާރީޚް މި އޮތީ އިއުލާނުކޮށްފަ އެވެ.

އެއީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހެވެ.

މިއީ ބިރުވެރި ފިލްމެކެވެ. ނަހުލާ އާއި އަހުމަދު ޝިނާން ޑައިރެކްޓްކުރާ މި ފިލްމަކީ ދިވެހި ސިނަމާ އަށް އިންގިލާބެއް ގެންނަ ވަރުގެ މަސައްކަތެއް ކަމަށް ބުނެވެ އެވެ. ފިލްމުގެ ތަރިންގެ ތެރޭގައި މުހައްމަދު ޖުމައްޔިލް އާއި މަރިޔަމް އައްޒަ އަދި ޝީލާ ނަޖީބާއި ޔޫސުފް ޝަފީއުގެ އިތުރުން އުއްމީދީ ތަރިން ކަމުގައިވާ އިސްމާއިލް ޖުމައިހް އާއި އަހުމަދު ފައިސަލް ފަދަ ފަރާތްތައް ހިމެނެ އެވެ.

ނަހުލާ ބުނެފައި ވަނީ މިއީ އޭނާގެ ފިލްމީ ހަޔާތުގެ އެންމެ ތަފާތު އަދި އެންމެ ބުރަ މަސައްކަތަށް ވާނެ ކަމަށެވެ. އޭނާގެ ފިލްމު ތަފާތުވާނެ ކަމަށް ބުނާއިރު ނަހުލާ ކުރިން އާންމުކޮށް ގެނެސްދޭ ފިލްމުތަކާ މި ފިލްމު ތަފާތުކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން ލިޕްސިންކްކުރާ ލަވަތަކެއް ވެސް މި ފިލްމަކު ނުހިމެނެ އެވެ.

އޭނާ ބުނެފައި ވަނީ ފިލްމުގެ ޝޯތައް އޮލިމްޕަހުގައި ދެއްކުމަށް ބޭނުންވާ މުއްދަތަށް ސިނަމާ ލިބިއްޖެ ނަމަ މިއީ ރިކޯޑް މުގުރާލެވިދާނެ ފިލްމެކެވެ. ދިވެހި ސިނަމާގެ ވިޔަފާރި އަށް ބަލާއިރު ނަހުލާ އަކީ އެންމެ ކާމިޔާބު ޝޯތައް އެމީހެއްގެ އުނގަށް ބަންޑުންވާ ޑައިރެކްޓަރެވެ.

ކުރިން ހަދާފައިވާ ރިކޯޑްތައް މި ފިލްމާ އެކު މުގުރާލުމަކީ ނަހުލާގެ އަމާޒެކެވެ.

ފިލްމުގެ ޝޫޓިންގެ ބޮޑު ބައެއް ނިމިފައިވާއިރު މިއީ އޯޕަން ބަޖެޓަކުން ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން އުފައްދަމުން އަންނަ ފިލްމެއްކަން ވެސް ފާހަގަކޮށްލެވެ އެވެ.