ވިޔަފާރި

އެއާޕޯޓް އާޓާމިނަލްގެ ބިންގާ މިރޭ އަޅަނީ

May 21, 2016

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި އަޅާ އާ ޓާމިނަލްގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން މިރޭ ފައްޓަވައި ދެއްވާނެ އެވެ.

ރާއްޖޭގެ މޫނުމަތި ބަދަލުކޮށްލާނެ ބޮޑު މި މަޝްރޫއުފެށުމުގެ ގޮތުން އައިއެންއައިއޭގައި ވަނީ ގިނަ ތައްޔާރީ ތަކެއްވެފަ އެވެ. އެގޮތުން އާ ޓާމިނަލް އެޅުމަށް ހަމަޖެހިފައިވާ މިހާރުގެ ޓާމިނަލްއާ އިންވެގެން ބޮޑު ޓެންޓެއް ވެސް ވަނީ ޖަހާފަ އެވެ. ބެލެވޭ ގޮތުގައި މި ރަސްމިއްޔާތު އޮންނާނީ މިތަނުގަ އެވެ.

އައިއެންއައިއޭ ތަރައްގީ ކުރުމުގެ ގޮތުން ފަށާ މި މަޝްރޫއަކީ 800 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. ދެހާސް އަށާރަަވަނަ އަހަރު ނިންމުމަށް ކުރިއަށް ގެންދާ އައިއެންއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 3،400 މީޓަރުގެ ދިގު 65 މީޓަރުގެ ފުޅާ ރަންވޭއެއް ވެސް ގާއިމް ކުރާނެ އެވެ.

އައައިއެންއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން އެއާޕޯޓުގައި ހުރި 13 އިމާރާތެއް އިރުމަތީ ފަރާތަށް ވަނީ ބަދަލުކޮށްފަ އެވެ. މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީންނެވެ.