އިތުރު ވަގުތުގެ ފަހު ހާފުގައި ޖެސޭ ލިންގާޑު ޖެހި ލަނޑުން 2-1އިން ކްރިސްޓަލް ޕެލަސް ބަލިކޮށް އިނގިރޭސި އެފްއޭކަޕް މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބުކޮށްފި އެވެ.
މިއީ ފާއިތުވެދިޔަ ތިން އަހަރުތެރޭގައި ޔުނައޓެޑުން ކާމިޔާބުކުރި ފުރަތަމަ ތައްޓެވެ.
ޔުނައިޓެޑުގެ ކްރިސް ސްމޯލިން އަށް ރާތްކާޑު ދެއްކި މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ 78 ވަނަ މިނިޓްގައި ކްރިސްޓަލްގެ ޖެސަން ޕުންޗިއޮން އެވެ. އޭގެ ތިން މިނިޓް ފަހުން ޔުނައިޓެޑަށް އެއްްވަރުކޮށްދިނީ ހުއާން މާޓާ އެވެ. އަދި މޮޅުވި ލަނޑު ލިންގާޑް ޖެހީ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ފަހު ހާފުގަ އެވެ.
މިއީ ފާއިތުވެދިޔަ ޔުނައިޓެޑުގެ ކޯޗުކަމުގައި 27 އަހަރު ހުރެ، އެކުލަބު އިނގިރޭސި އެންމެ ކާމިޔާބު ޓީމަށް ހަދައިދިނުމަށް ފަހު މީގެ ތިން އަހަރު ކުރިން ކޯޗުކަމުން ސާ އެލެކްސް ފާގަސަން ވަކިވި ފަހުން ޔުނައިޓެޑުން ކާމިޔާބުކުރި ފުރަތަމަ ތައްޓެވެ.
ޔުނައިޓެޑުގެ ކްރިސް ސްމޯލިން އަށް ރާތްކާޑު ދެއްކި މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ 78 ވަނަ މިނިޓްގައި ކްރިސްޓަލްގެ ޖެސަން ޕުންޗިއޮން އެވެ. އޭގެ ތިން މިނިޓް ފަހުން ޔުނައިޓެޑަށް އެއްްވަރުކޮށްދިނީ ހުއާން މާޓާ އެވެ. އަދި މޮޅުވި ލަނޑު ލިންގާޑް ޖެހީ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ފަހު ހާފުގަ އެވެ.
ޕްރިންސް ވިލިއަމް ޝަރަފުވެރިކޮށްދެއވި މި މެޗަށް ފަހު ލިންގާޑު ބުނީ ލަނޑު ޖެހީ އޭނާ އަށް ބޯޅަލިބޭނެކަން ވަރަށް ބޮޑަށް ޔަގީންވުމުން އެކަމަށް ތައްޔާރުވެގެން ކަމަށެވެ.
"އަހަރެން ކުރަންޖެހުނު ކަމަކީ އެބޯޅަ ގޯލަށް ވައްދާލުން. ނަސީބަކުން އަހަންނަށް އެކަންކުރެވިއްޖެ. ބަދަލު ކުޅުންތެރިއެއްވިއްޔާ އަބަދުވެސް ހުންނަންވާނީ ތައްޔާރުވެގެން. އަހަރެން ޝުކުރުވެރިވަން މިލަނޑު ޖެހުނީތީވެ،" ލަންގާޑު ބުންޏެވެ.
ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެޔާ ބުނީ އޭނާގެ ޓީމު މޮޅުވުން ހައްގު ކަމަށެވެ.
"ވަރަށް ދުވަސްވެއްްޖެ އަހަރުމެންނަށް ތައްޓެއް ނުލިބޭތާ. އަހަރުމެން ފައިޓްކުރީ ތައްޓަށް. މިއީ ވަރަށް އުފާވެރި ވަގުތުކޮޅެއް އެންމެނަށް ވެސް،" ޑެހެޔާ ބުންޏެވެ.
ކެޕްޓަން ވޭން ރޫނީ ކުޅުންތެރިންނާއި ސަޕޯޓަރުން ތައްޓަކަށް ބޭނުންވެފައި ތިބޭތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެއްޖެކަމަށާއި އެކަމަށް ނިމުން އައުމަކީ އުފާވެރިކަން އިހުސާސްވާ ކަމެއް ކަމަށެވެ.
"އަހަރުމެން ވަރަށް މަސައްކަތްކުރިން. އަހަރުމެން ހުއްޓާނުލާ ކުރި މަސައްކަތުގެ ނަތީޖާ މިއީ. ކްރިސްޓަލް ޕެލަސް އަށް ތައުރީފް ހައްގު. އެމީހުން ވަރަށް ވާންކުރި،" ރޫނީ ބުންޏެވެ.