ކީރިތި ގުރުއާން

އަލްކައުންގެ ގުރުއާން މުބާރާތް 350 އަށްވުރެ ގިނަ ބައިވެރިންނާއެކު

އަލްކައުންގެ ގުރުއާން މުބާރާތް 350 އަށްވުރެ ގިނަ ބައިވެރިންނާއެކު ފަށައިފި އެވެ. މި މުބާރާތް ނޭޝަނަލް އާޓް ގެލެރީގެ އެގްޒިބިޝަން ހޯލްގަ މުބާރާތް ޝަރަފުވެރި ކޮށްދެވީ އިސްލާމީ މަރުކަޒުގެ އިމާމް ޝައިހު މުހައްމަދު ލަތީފެވެ.

ޝައިހު ލަތީފް ވިދާޅުވި ކީރިތި ޤުރުއާން ރީތިކޮށް ކިޔަވާ އެކަމުގައި ވާދަވެރިވުމަށްވުރެ ބޮޑަށް ވާދަވެރިވާންވީ އެހެން ކަމެއް ނެތް ކަމަށާއި ދަރީންނަކީ ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށެވެ. ދަރީންނަށް ރީތިކޮށް ގުރުއާން ކިޔަވަން ދަސްކޮށް ދިނުމުގައި އިހުމާލު ނުވުމަށް ވެސް އެދި ވަޑައިގެންނެވި އެވެ.

މި މުބާރާތަކީ ހަ އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. ބައިވެރިންގެ ކިޔެވުން ފަށަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސާއަކީ ދިރާގެވެ. ކޯ ސްޕޮންސަރުންނަކީ ޖިލްބާބް، އެސްޓީއޯ އަ ދި އެލްބިއަން ސްޓޯރެވެ.