ދިވެއްސެއްގެ އަޑުން ކީރިތި ގުރުއާން އެއްކޮށް ރެކޯޑް ކޮށްގެން ނެރުމުގެ މަސައްކަތް ލޯފަން ކުދިންގެ ޖަމިއްޔާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕައާޑް ސޮސައިޓޯ އޮފް މޯލްޑިވްސްއިން ފަށައިފި އެވެ.
އެ މަސައްކަތް ފަށަން އެ ޖަމިއްޔާއިން ވަނީ މިހާރު އެއްބަސްވުމެއް ވެސް ގާއިމްކޮށްފައެވެ. މި މަސައްކަތް ކުރާނީ ސޮބާ ސްޑޫޓިއޯއިންނެވެ.
ލޯފަން ކުދިންގެ ޖަމިއްޔާގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ ޒިޔާއު ވިދާޅުވީ އެ ޖަމިއްޔާއިން މި މަސައްކަތް ފެށިއިރު މިހާތަނަށް ދިވެއްސެއްްގެ އަޑުން ގުރުއާން އެއްކޮށް ރެކޯޑް ކުރެވިފައި ނުވާ ކަަމަށެވެ. އެ ޖަމިއްޔާއިން ފެށި މަސައްކަތުގައި ގުރުއާން ކިޔަވާ ވިދާޅު ވަނީ އަލްގާރީ އަބްދުއްރަޝީދު މުހައްމަދެވެ. އޭނާ އަކީ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ސިލްސިލާގެ ފުރަތަަމަ ޗެންޕިއަނެވެ. ލޯފަން ނަމަވެސް އެއީ ތަޖުވީދަށް ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ވިދާޅުވާ ބޭފުޅެކެވެ.
ދެހާސް ދިހަ ވަނަ އަހަރު އުފެދުނު އެ ޖަމިއްޔާއިން މަސައްކަތް ކުރަނީ މަސް ދުވަހުގެ ތެރޭގައި މުޅި ގުރުއާން އެއްކޮށް ރެކޯޑް ކޮށް ނިންމުމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އާންމުންނާއި ހަމައަށް ގެނެސް ދިނުމަށެވެ.
"މިއީ މުޅި މުޖްތަމައުއަށްޓަކައި ކުރާ މަސައްކަތެއް. އަދި ލޯފަން ކުދިންނަށްވެސް ވަރަށް މުހިންމު އެއްޗަކަށް ވެގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަނީ،"
މި މަސައްކަތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. މުޅީންވެސް ލޯފަން ކުދިން ހިމެނޭ އެ ޖަމިއްޔާއިން މީގެ ކުރިންވެސް ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެއް ކޮށްފައިވެއެވެ.