ކްރިމިނަލް ކޯޓް

ނަދާލްގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

May 23, 2016

މއ. ބޭރުމަތީގޭގެ ހަ ވަނަ ފަންގިފިލާއިން މަގުމައްޗަށް ވެއްޓި މަރުވި ހ. ދޫހިމެރިގެ، ނަދާލް ރަޝީދު 25، މަރުގެ ތުހުމަތަށް ހައްޔަރު ކުރި ފަސް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ކްރިމިނަލް ކޯޓުން އެ ފަސް މީހުން ދޫކޮށްލީ އިއްޔެ ކަމަށާއި ބަންދުން ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދިނުމާއެކު ފުލުހުންނަށް ނޭނގި ރާއްޖެއިން ބޭރަށް ނުދާން ޝަރުތު ކުރުމަށްފަހު ކަމަށެވެ. އެ މީހުން ދޫކޮށްލި އިރު އެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހު އެވެ.

ނަދާލު މަރުވީ ޑިސެމްބަރު 13، 2014 އިގަ އެވެ. ނަދާލް ރަޝީދު ވެއްޓި މަރުވި އިރު ބޭރުމަތީގޭގައި އޭނާއާއެކު އުޅުނު ހަތަރު މީހެއްގެ ކުޑަކަމުދާތަކެތި ނަގައި ތަހުލީލު ކުރިއިރު ކެނަބިސްއަށް ޕޮޒިޓިވް ވެފައިވެއެވެ.