ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ހޯރަފުއްޓަށް ވަޑައިގެންފި

May 23, 2016
1

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހއ. ހޯރަފުއްޓަށް މިއަދު ވަޑައިގެންފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހޯރަފުށީގައި ގާއިމް ކުރެވިފައިވާ ނަރުދަމާގެ ނިޒާމް އިފްތިތާހު ކޮށްދެއްވާނެ އެވެ. އަދި އެރަށުގެ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއު މިއަދު ފައްޓަަވައި ދެއްވާނެ އެވެ.

އެމަނިކުފާނާއެކު މި ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް މުޙަންމަދާއި، މިނިސްޓާ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަޙްމަދު ޒުހޫރާއި، މިނިސްޓަާ އޮފް ޓޫރިޒަމް މޫސާ ޒަމީރު ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ހޯރަފުއްޓަށް ރައީސް މިއަދު ވަޑައިގެންނެވި އިރު މީގެ ދެތިން ދުވަސް ކުރިން ރައީސް ވަނީ ހޯރަފުށީގައި އެއާޕޯޓެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.