މިފްކޯ

"އޯއައިސީ ފެއާ" ގައި މިފްކޯ ބައިވެރިވެއްޖެ

May 23, 2016

އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ، އޯއައިސީން ސައުދީ އަރަބިއްޔާގެ ރިޔާޒްގައި ކުރިޔަށްގެންދާ "އޯއައިސީ ފެއާ2016" ގައި މިފޯކާއިން ބައިވެރިވެ އެ ކުންފުނީގެ އުފެއްދުންތައް ދައްކާލައިފި އެވެ.

މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރިޔަށް ގެންދާ މި ފެއާގައި އިސްލާމީ ގައުމުތަކުގެ ގިނަ ބަޔަކު ޒިޔަރާތް ކުރާނެ އިރު އެ ގައުމުތަކުގެ މާކެޓަށް ރާއްޖެ ވަނުމަށް ރަނގަޅު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ރާއްޖޭގެ މަސް ކުންފުނި، މިފްކޯއިން ބުންޏެވެ.

އަދި ބުނީ 2014 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން ތައާރަފުކުރި ހަލާލް ސެޓްފިކެޓް މިފްކޯގެ އުފެއްދުންތަކަށް ލިބިފައިވުމަކީ ސައުދީ އާއި އެ ސަރަހައްދުގެ މާކެޓަށް ވަންނަން ފަސޭހަވެގެން ދާނެ ކަމެއް ކަމަށެވެ.