ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ބަންދު ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
ރިލްވާން މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކުރީ މިިދިއަ އޭޕްރީލް މަހު އެވެ. އެ ދެ މީހުންގެ ބަންދަށް މިއަދު ދީފައި ވަނީ 10 ދުވަހެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވާ އިރު ރިލްވާން ގެއްލުނު ރޭ ގަދަކަމުން އޭނާ އެރުވި ކަމަށް ބުނާ ކާރުގެ ތެރެއިން ފެނުނު އިސްތަށީގެ ޑިއެންއޭވަނީ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވެފައެވެ.