ބޭރު ކުޅިވަރު

ޕިރްލޯ އާއި ބަލޮޓެއްލީ ނުލައި އިޓަލީ ސްކޮޑް އިއުލާނުކޮށްފި

އެމެރިކާ ލީގުގައި ކުޅޭ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ނުލައި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާ އިޓަލީގެ ގައުމީ ސްކޮޑް އިއުލާނުކޮށްފި އެވެ.

ކޯޗު އެންޓޯނިއޯ ކޮންޓޭ އިއުލާނުކުރި ޓީމުން މާކޯ ވެރާއްޓީ އާއި ކްލައުޑިއޯ މާކީޝިއޯ އާއި ފަބިއޯ ބޮރީީނީ އާއި އާމަންޑޯ އިޒޯ އަދި ލޮރެންޒޯ ޑި ސިލްވެސްޓްރީ މިޑްފީލްޑަރު ރޮބާޓޯ ސޮރިއާނޯ އާއި އޭސީމިލާނުގެ މައްސަލަބޮޑު ފޯވަޑް މާރިއޯ ބަލޮޓެއްލީ ފަދަ ކުޅުންތެރިންނަށް ވެސް ޖާގައެއްްނެތެވެ.

ޔުވެންޓަސްގެ ކެޕްޓަން އަދި ގޯލްކީޕަރު ޖިއާން ލުއިޖީ ބުފަންއާ އެކު ކީޕަރުންނަށް ނަގާފައިވަނީ ލާޒިއޯގެ ފްރެޑްރިކޯ މާޗެޓީ އާއި ޕެރިސްގެ ސަލްވަޓޯރޭ ސިރްގޫ އެވެ. އޭސީ މިލާނުގެ ޒުވާން ކީޕަރުު ޖިއާން ލުއިޖީ ޑޯނަރޫމާ ސީޒަނުގައި މޮޅަށް ކުޅުނަސް އޭނާ އަށް މި ފަހަރު ގައުމީ ޓީމުން ޖާގައެއްނެތެވެ.

މެދުތެރެ އަށް ނަގާފައިވަނީ ލާޒިއޯގެ އެންޓޯނިއޯ ކަންޑްރެވާ އާއި ރޯމާގެ ޑެނިއަލް ޑީރޮސީ އާއި އަލެސެންދްރޯ ފްލޮރެންޒީ އާއި އޭސީ މިލާނުގެ ރިކާޑޯ މޮންޓޮލީވޯ ޕީއެސްޖީގެ ތިއާގޯ މޮޓާ އާއި ޔުވެންޓަސްގެ ސްޓެފާނޯ ސްޓުރާރޯ އެވެ.

ފޯވަޑުންގެ ގޮތުގައި ތިބީ ތަޖުރިބާމަދު ކުޅުންތެރިންނެވެ. އެއީ އިންޓަމިލާނުގެ އެޑާ އާއި ރޯމާގެ ސްޓެފަން އަލްޝާރަވޭ އާއި ޓޯރިނޯގެ ސިރޯ އިމޮބައިލް އާއި ސައުތެމްޓަނުގެ ގްރެޒިއާނޯ ޕެއްްލޭ އާއި ޔުވެންޓަސްގެ ސިމިއޯނީ ޒަޒާ އެވެ.

އަންނަ މަހު ފަށާ ޔޫރޯގައި އިޓަލީ ހިމެނެނީ ބެލްޖިއަމް އާއި ސްވިޑް އަދި ރިޕަބްލިކް އޮފް އަޔަލޭންޑާއެކު ގްރޫޕް އީގަ އެވެ.