އެމްއެންޑީއެފް

އިންޑިއަން ނޭވީ ޝިޕް "ކުތާރު" ރާއްޖެ އަތުވެއްޖެ

ރާއްޖޭގައި ޖޮއިންޓް ސާވިސް ޕެޓްރޯލް ކުރުމަށް އިންޑިއަން ނޭވީ ޝިޕް "ކުތާރު" މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އައިއެންއެސް ކުތާރުގެ މި ދަތުރުގައި ކޯސްޓްގާޑާ ގުޅިގެން ޖޮއިންޓް ސާވިސް ޕެޓްރޯލެއް ކުރިއަށްގެންދާނެ ކަމަށާއި އޭގެ ދަށުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި ސަވަލައިލަންސް ޕެޓްރޯލެއް ކުރާނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން އިތުރަށް ބިނީ ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް ސާވިސް ޕެޓްރޯލަކީ، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ސިލްސިލާކޮށް ހިންގޭ ޕެޓްރޯލެއް ކަމަށެވެ. އަދި މި ދަތުރު ނިންމާލުމަށް ފަހު މިމަހު 31 ގައި އެނބުރިވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ