އެޗްއާރްސީއެމް

ޖަލު އޮފިސަރުންނަށް އިންސާނީ ހައްގު ބުނެދޭން ވޯކްޝޮޕެއް ބާއްވައިފި

May 24, 2016

އިންސާނީ ހައްގުތަކަށް ޖަލު އޮފިސަރުން އަހުލުވެރި ކުރުވަން އެޗްއާރްސީއެމުން އައްސޭރި ޖަލުގައި ވޯކްޝޮޕެއް ހިންގައިފި އެވެ.

އިއްޔެ އާއި މިއަދު ކުރިޔަށް ގެންދިޔަ މި ވޯކްޝޮޕްގައި އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނޫ އަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެފަދަ ހައްގުތައް ކުރިއެރުވުމަށް ކުރާ މަސައްކަތް ތަކުގެ ދަށުން ޕްރިޒަން އޮފިސަރުންނަށް މައުލޫމާތު ދިނެވެ.

މި ވޯކްޝޮޕް ގައި އައްސޭރި ޖަލުން 20 އޮފިސަރުން ވަނީ ބައިވެރިވި އެވެ.