އެމްޑީޕީ

އެމްޑީޕީ އީވޯޓިން ބޭނުން ނުވާ ކަމަށް އީޔޫ ޑިޕްލޮމޭޓުންނަށް ހުށަހަަޅައިފި

May 24, 2016
4

ރާއްޖެއަށް ޒިޔާރަތް ޒިޔާރތްކުރި އީޔޫގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިން އެމްޑީޕީއާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ ހާލަތާގުޅޭ ގޮތުންނާއި ކުރިއަށް އޮންނަ އިންތިޚާބުތަކުގައި އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމު ބޭނުންކުރުމާއި، އިލެކްޝަންސް ކޮމިޝަނާ ގުޅޭ ގޮތުން މަޝްވަރާ ކުރި އެވެ.

އެމްޑީޕީން ބުނީ އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމު ތައރަފް ކުރުމާ ގުޅޭ ގޮތުން އެމްޕީން ކަންބޮޑުވާ ކަންކަން މިޝަންތަކުގެ ވެރިންނާ ހިއްސާ ކޮށްފައިވާނެ ކަމަށާއި އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމަކީ ރާއްޖެއަށް ބޭނުންތެރި ނިޒާމެއް ނޫންކަމަށާ އެ ނިޒާމް ތައާރަފް ކުރަން އެމްޑީޕީ އެއްގޮތަކަށް ބޭނުން ނުވާ ކަމަށް ބުނެފައިވާނެ ކަމަށެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށާއި މިނިވަން މުވައްސަސާތަކަށް ކުރާ އިތުބާރު ކުޑަވެފައިވާ ދަނޑިވަޅެއްގައި އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމް ތައާރަފްކުރުމުން އިންތިޚާބުތަކަށް ކުރާ އިތުބާރު ކުޑަވެގެންދާނެކަމަށް އެމްޑީޕީން ދެކޭ ކަމަށާއި އަދި މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި 2018 ވަނަ އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުވެސް މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމާ މެދު މަޝްވަރާ ކުރި އެވެ.