އިންތިފް ރައޫފު

އިންތިފްގެ މައްސަލަ އިސްތިއުނާފުކޮށްފި

May 26, 2016
1

ދަށު ކޯޓްގައި ސާބިތު ނުވި، އިންތިފް ރައޫފު ފިސްތޯލައެއް ގެނގުޅުނު ކަމަށް ބުނާ މައްސަލަ ހައިކޯޓްގައު އިސްތިއުނާފްކޮށްފި އެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގެ ހުކުމާމެދު ހިތްހަމަ ނުޖެހޭތީ އިއްޔެ އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ނުރައްކާތެރި ހަތިޔާރު އަތުގައި ބެހެއްޓުމުގެ މައްސަލައިގައެވެ. އެއީ މއ. ގޯލްޑަންބީމް ގޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓެއްގެ ތެރެއިން ހަތިޔާރެއް ފެނިގެނެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އިންތިފް މިނިވަންވީ އޭނާ އިންކާރު ކުރުމާއެކު ދައުލަތުން ހުށަހެޅި ހެއްކާ ގަރީނާތަކަށް ބަލާއިރު، އޭނާގެ އަތުން ފެނިފައި ވަނީ ނުރައްކާތެރި ހަތިޔާރެއްކަން ސާބިތު ނުވެގެނެވެ.

އެނިފައިވާ ގޮތުގައި އޭނާ މިހާރު ވަނީ ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފައެވެ.