ބޭރު ކުޅިވަރު

އިސްތިއުފާ ދޭން ވިސްނަން: ސިިމިއޯނީ

އެތްލެޓިކޯ މެޑްރިޑުގެ ކޯޗުކަމުން އިސްތިއުފާދޭން ވިސްނާ ކަމަށް ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އިއްޔެރޭ ވާދަވެރި ރެއާލް މެޑްރިޑް އަތުން ބަލިވުމުންނެވެ.

"(ޗެމްޕިއަންސް ލީގު) ދެ ފައިނަލުގައި ބަލިވުމުން އަހަރެން އެބަޖެހޭ އަހަރެންގެ މުސްތަގްބަލާމެދު ވިސްނާ ގޮތެއް ނިންމަން. ދެ ފައިނަލުން ބަލިވުމަކީ ވަރަށް ބޮޑު ފެއިލިއާ އަށް. އަހަރެން މިދަނީ ކިހިނެތްތޯ ހަދާނީ ވިސްނަމުން. އަހަރެން މިހާރު ގޮތެއް ނިންމަންވެއްޖެ،" އާޖެންޓީނާގެ ކޯޗު ބުންޏެވެ.

ޗެމްޕިއަންސް ލީގު ފައިނަލުގައި އެތްލެޓިކޯ ބަލިވީ ތިން އަހަރު ތެރޭގައި ދެ ފަހަރު ވެސް ރެއާލް އަތުންނެވެ. ސިމިއޯނީ ބުނީ އެއްވެސް މީހަކު ބަލިވާމީހާ މަތިން ހަނދާން ކުރަން ބޭނުންނުވާނެ ކަމަށެވެ.

"އަހަރުމެންނަށް ލިބުނު ޗެމްޕިއަނަކަށް ވާން ފުރުސަތު. އެކަމަކު ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުނީ. އަހަރުމެންނަށް އެކަށީގެންވާ ފުރުސަތު ލިބިއްޖެ،" ކޯޗު ބުންޏެވެ.

ޗެމްޕިއަންސް ލީގު ނުލިބުނު ނަމަވެސް ސިމިއޯނީ ވަނީ އޭނާގެ ކޯޗުކަމުގައި މިވީ ފަސް އަހަރުތެރޭގައި ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އަދި ސުޕަ ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.