ވިޔަފާރި

ސަފާރީ އޮޕަރޭޓަރުން ޖަމިއްޔާގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

May 30, 2016
1

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުން ޖަމިއްޔާ، ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ލޭމްއިން ބުނި ގޮތުގައި އެ ބޯޑުގައި ހިމެނޭ ހަ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ގާތްގަނޑަކަށް 150 އެއްހާ މެންބަރުން ހިމެނޭ ލޭމްގެ ބޯޑަށް އެގްޒެކެޓިވް ނުވަ މެންބަރުންނާއި ޖެނެރަލް ސެކްރެޓަރީއެއް އަދި ނައިބް ރައީސެއް ހިމެނިވަޑައިގަނެ އެވެ. ލޭމްގެ މިހާރުގެ ރައީސަކީ ހަސަން ހަލީމް އެވެ.އަދި ނައިބް ރައީސަކީ އަބްދުﷲ ކާމިލް އެވެ.

ލޭމް އިން ބުނި ގޮތުގައި ބޯޑަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ ޖަމިއްޔާއަށް އެނގެވުން ލިއުމަކުން ހުށަހަޅަން ވާނެ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ދައުރެއް އަދާކުރާ ލޭމް އިން ދަނީ ސަފާރީތަކަށް ބަނދަރެއް ހޯދުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރަމުންނެވެ.