އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަނެއްކާ ވެސް ބައްސާމް އަދީލް ޖަލީލް ޖަލީލު ހަމަޖައްސައިފި އެވެ.
ބައްސާމް މިހާތަނަށް ހުންނެވީ އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ މަގާމުގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ޖެނެރަލް ސެކްރެޓަރީގެ މަގާމުގަ އެވެ.
ކުލަބު ވެލެންސިއާގެ ކުރީގެ ވައިސް ޗެއާމަން ބައްސާމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަމަށް ފީފާއިން ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަވީދު މިދިޔަ އަހަރުގެ ފަހުކޮޅު އިސްތިއުފާ ދެއްވުމުންނެވެ.
އެފްއޭއެމުގެ ރައީސް ކަމާ މިއަދު ހަވާލުވެވަޑައިގެންނެވި ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ބައްސާމް ހަމަޖެއްސީ ގިނަ ކުލަބުތަކެއްގެ ތާއީދު އޭނާ އަށް އޮތުމުންނެވެ.