މި ސުރުހީއެއް އަޅަމުންދިޔަ ކޮންމެވެސް އަންހެން ކުއްޖަކު ދިޔައީ އޮންލައިންކޮށް ވާހަކަ ދައްކަމުންނެވެ. އޭނާ އަށް ގާތްގަނޑަކަށް ވިހި ފަންސަވީސް އަހަރެވެ. ކުއްޖަކު އެބައޮތެވެ. އެކަމަކު މިހާރު އެހުރީ ހުސްކޮށެވެ.
އޭނާ ދައްކަމުން ދިޔަ ވާހަކައަކީ މިއީ އެވެ. އަލުން ޒަވާޖީހަޔާތެއް ފަށަން އުޅޭ ވާހަކަ އެވެ. ލޯބިވެރިޔަކު ހޯދަން ބޭނުންވާ ވާހަކަ އެވެ. އެ މީހަކާ އެކުގައި އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ވާހަކަ އެވެ.
އެކަމަކު އެނގޭ ހެއްޔެވެ؟ ހަޔާތެއް ފުނޑި، ހިތެއް ހަލާކުވުމަށް ފަހު، އަލުން އެ އުފާވެރިކަމެއްގެ ތެރެއަށް އެނބުރި ދިއުމަކީ ނުވަތަ މީހެއްގެ އުނގަށް ވެއްޓިގަތުމަކީ އެއްގޮތަކަށް ވެސް ފަސޭހަކަމެއް ނޫނެވެ. އެ މަރުހަލާ އަށް އަލުން ރުޖޫއަވުމަށް މީގައި ކަޑައްތުކުރަން ޖެހޭ އެހެން މަރުހަލާއެއް ވެސް އެބައޮތެވެ.
އެއަށް މިކިޔަނީ "ލޯބީގެ އާ ދަތުރަކަށް ރިޔާކޮށާ" މަރުހަލާއޭ އެވެ.
"އަހަންނަށް ހަމަ ޔަގީންނުވަނީ. އަލުން އެ ކޮމިޓްމަންޓް ދެވިދާނެ ކަމަށް. އަލުން މީހަކު ދެކެ އެވަރަށް ލޯބިވެވިދާނެ ކަމަށް. އެހެންވީމަ އަހަރެން މި ދަތުރަކަށް ރެޑީއެއް ނުވޭ ދޯ އަސްލު،" އެ އަންހެން ކުއްޖާ ކުރީ މި ސުވާލެވެ.
އެ ކުއްޖާ އަށް ދޭން އޮތް ޖަވާބަކީ މިއީ އެވެ. ތިބާ އަދި އެ ދަތުރަކަށް ތައްޔާރެއްނުވެ އެވެ. އެހެންވީމަ ހިތްހަލާކުވުމަށް ފަހު ނުވަތަ ހަޔާތެއް ފުޑިގެން ދިއުމަށް ފަހު އަލުން ތެދުވެ ދުއްވައިގަތުމަށް މީހާ ތައްޔާރުވެފައިވާކަން ދެނެގަންނާނެ ގޮތަކީ ކޮބައި ހެއްޔެވެ؟
އެކަނި އުޅުން އުފަލަކަށްވުން
ބައެއް މީހުންނަށްވާ ގޮތަކީ މިއީ އެވެ. ކައިވެންޏެއް ރޫޅުމަށް ފަހު ނުވަތަ ލޯބިވެރިޔާއާ ރުޅިވުމަށް ފަހު ދެ ވަނަ ފަހަރަށް ލޯބިވާން ބިރު ގަންނަނީ އެވެ. ނުވަތަ އިތުބާރުކުރަން ބިރު ގަންނަނީ އެވެ. އިތުބާރު ނުވެސް ކުރެވެނީ އެވެ. މީގެ އިތުރުން ބައެއް މީހުންނަކީ އެމީހުންގެ ބަލިކަށި ހިތަށް އެހެން މީހުންގެ އަޅާލުމާއި އޯގާތެރިކަން ވެސް ބޭނުންވާ މީހުންނެވެ.
މިއީ ލޯބީގެ އެންމެ ނާޒުކު ވައްތަރެވެ. މި ހާލަތުން އަރައިނުގަނެވެނީސް ދެ ވަނަ ފަހަރަށް އެހެން މީހަކު ދެކެ ލޯބިވުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. އެހެންވީމަ ފުރަތަމަ ކަޑައްތުކުރަން ޖެހޭ މަރުހަލާ އަކީ މިއީ އެވެ. މިއީ އެއްގޮތަކަށް ވެސް ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ.
ހަގީގަތަކީ ކެއްސެއް ލިބުމަށް ފަހު ނުވަތަ ލޯބީގައި ހިތްހަލާކުވުމަށް ފަހު އެ އަޑިގަނޑުން އަރައިގަތުމަށް ކޮންމެ މީހަކަށް ވެސް ވަގުތު ބޭނުންވާނެ ކަމެވެ. އެއަށް ފަހު ކޮންމެ މީހެއްގެ ހަޔާތަށް ވެސް އުފާވެރިކަން އެނބުރި އަންނާނެ އެވެ. އެއީ ޔަގީންކަމެވެ.
އަލުން މީހަކު ދެކެ ލޯބިވާނެ ގޮތާއި މީހަކަށް އިތުބާރުކުރާނެ ގޮތް ދަސްވާނެ އެވެ. އެ ޔަގީންކަން އަމިއްލަ ނަފްސަށް ލިބިގެންދާނެ އެވެ. އެހިސާބުން ލޯބި ހިއްސާކުރަންވީ އެވެ. ލޯބި ހިއްސާކުރުމުގެ ވަގުތު ޖެހުނީ އެވެ. ތިބާ ތައްޔާރުވީ އެވެ.
އެކްސް މަތިން ހަނދާންނުކޮށް އެހެން މީހަކު މާ ބޮޑަށް މިސްވަނީތަ؟
މިހެންކަމުގައި ވަނީ ތިޔަ ރިޔަލެއް ކޮށައިގެން ލޯބިވެރިޔާއާ އެކު ރިޔާކޮށިކުރަމުން ދުނިޔެ ބަލައިލުމަށް ނުކުންނަންވީ އެވެ. އެހެން މީހަކު މަތިން މާ ބޮޑަށް މިސްވެ ނުވަތަ އެހެން މީހަކާ އެކު އުޅެލުމަކީ ކޮން ކަހަލަ ތަޖުރިބާއެއްތޯ ބަލައިލުމަށް ހިތް އެދި ގޮވަނީ ކަމުގައި ވަނީ ނަމަ މޫވްއޮންކުރުމަށް ތިބާތިހުރީ ރަނގަޅަށް ތައްޔާރުވެފަ އެވެ.
ނަމަވެސް މީހަކާ އެކު އުޅެލެވޭ ގޮތަކުން ނުވަތަ ހަޔާތަށް ގެންނަ ބައިވެރިޔަކު ދައްކާލާ ވާހަކައަކުން ތިމާގެ ކުރީގެ ލޯބިވެރިޔާ ނުވަތަ ބައިވެރިޔާގެ ހަނދާނާއި ޖަޒުބާތުތަކުގައި ބަންދުވަނީކަމުގައި ވަނީ ނަމަ އެހެން ލޯތްބަކަށް ނަފުސު އަދި ތައްޔާރުނުވަނީ އެވެ.
ކުރީގެ ބައިވެރިޔާ މަތިން އެއްކޮށް ހަނދާން ނައްތައިނުލެވެނީ ކަމުގައި ވަނީ ނަމަ، އެންމެ ބުއްދިވެރި ގޮތަކީ އެ ހަނދާންތަކާ ދުރުވަންދެން ހަޔާތަށް އެހެން ބައިވެރިޔަކު ނުގެނެސް މަޑުކޮށްލުމެވެ.
ލޯބި ހިއްސާކުރުމުގެ އިހްސާސް