ވިޔަފާރި

އެމްއެމްއޭގައި ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާ 13 ޕަސެންޓް އިތުރުވެއްޖެ

Jun 1, 2016
0%
0%
0%
  • ޔޫޒަބަލް ރިޒާވްއަކީ 230.8 މިލިއަން ޑޮލަރު
  • ޖުމްލަ ރިޒާވްއަކީ 707 މިލިއަން ޑޮލަރު
  • މަހުން މަހަށް ފަސް ޕަސެންޓް ދަށް

ރާއްޖޭގެ ޔޫޒަބަލް ރިޒާވް، ނުވަތަ ބޭނުން ކުރެވޭ ގޮތަށް ރައްކާކުރެވިފައި ހުރި ފައިސާ އަހަރު ދުވަހުގެ ތެރޭގައި 13 ޕަސެންޓް އިތުރުވެފައިވާ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 230.8 މިލިއަން ޑޮލަރެވެ. ޔޫޒަބަލް ރިޒާވްއަކީ ބޭރު ފައިސާގެ އެކިއެކި މުއާމަލާތް ތަކަށް ވަގުތުން ވަގުތަށް އެމްއެމްއޭ އިން ބޭނުން ކުރުމަށް ހުންނަ ފައިސާ އެވެ.

އެމްއެމްއޭގެ ރަސްމީ ރިޒާވަށް އައިސްފައިވާ ބަދަލު.--އަވަސް އިންފޮގްރަފީ.--އަހުމަދު ޝައްފާފު

ހިސާބުތައް ދައްކާ ގޮތުގައި ޔޫޒަބަލް ރިޒާވް އަހަރު ދުވަހުގެ ތެރޭގައި 13 ޕަސެންޓް މަތިވިނަމަވެސް މަހުން މަހަށް ބަލާއިރު މިއަދަދު ވަނީ ފަސް ޕަސެންޓް ދަށަށް ގޮސްފަ އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި ރާއްޖޭގެ ރަސްމީ ރިޒާވް ނުވަތަ "ގްރޮސް އިންޓަނޭޝަނަލް ރިޒާވް" ގެ ގޮތުގައި ހުރީ 707.2 މިލިއަން ޑޮލަރެވެ. މިއީ 2015 ވަނަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު ހަ ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއީ މާޗް މަހާ އަޅާބަލާއިރު ހަތް ޕަސެންޓް އިތުރު އަދަދެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910