އެމްޑަބްލިއުއެސްސީ

ފެން ކުންފުނީގެ މަސައްކަތް ހަލުވި ކުރަން ހަތަރު އެކްސްކަވޭޓަރާއި ކެރޭޏެއް ގެނެސްފި

Jun 1, 2016
4

ގައުމީ ފެން ކުންފުނި،އެމްޑަބްލިއުއެސްސީ އިން މަސައްކަތް ހަލުވި ކުރުމަށް ހަތަރު އެކްސްކަވޭޓަރާއި ކެރޭޏެއް ގެނެސްފި އެވެ.

ގައުމީ ފެން ކުންފުނި، މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަތަރު އެކްސްކަވޭޓަރާއި ކެރޭނު އޮޕަރޭޝަނަށް ނެރެދެއްވީ މަޖިލީހުގެ ބައެއް މެންބަރުންނާއި ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ފަޒުލް އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ އިތުރު އުޅަނދުތަކެއް ގެނެވުމުން އެނގެނީ އެ ކުންފުނިން މަސައްކަތްތަކަށް ދުރާލާ ތައްޔާރުވާ މިންވަރު ކަމަށެވެ.

"މިހާރު ވެސް އަޅުގަނޑުމެން 25 ޕްރޮޖެކްޓެއް ކުރިއަށް އެބަ ގެންދަން. މި މަސައްކަތްތަކުގެ ތެރޭގައި ހަމައެކަނި ހިމެނެނީ މާލޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކެއް ނޫން. އަޅުގަނޑުމެންގެ މަސައްކަތްތަކުގެ 85 ޕަސެންޓަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތައް،" ފަޒުލް ވިދާޅުވި އެވެ.

ގައުމީ ފެން ކުންފުނީގެ މަސައްކަތް ހަލުވި ކުރުމަށް އިތުރު އުޅަނދުތަކެއް ގެނެސްފައިވާއިރު، އެ ކުންފުންޏަށް މިދިޔަ އަހަރު ރެކޯޑު އަދަދަކަށް ފައިދާ ލިބިފައިވެ އެވެ.