ޕްރޮމޯޝަން

ރޯދަ މަހަށް އެސްޓީއޯއިން ދަޅުކާނާގެ ދެ ބާވަތެއް ބާޒާރަށް ނެރެފި

Jun 2, 2016
  • މި ބްރޭންޑުގައި ތާޒާ މޭވާ ދަޅު ހިމެނޭ
  • ދަޅުގައި އެސްޓީއޯގެ ލޯގޯ ހުންނާނެ
  • އަގުތައް ހެޔޮވާނެ

އެސްޓީއޯ އިން ރޯދަ މަހަށް ހާއްސަކޮށްގެން ދަޅުކާނާގެ ދެ ބާވަތެއް ބާޒާރަށް ނެރެ، ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ ރޯދަ މަހަށް ހާއްސަކޮށްގެން ނެރެފައިވާ ދަޅު ކާނާގެ ދެ ބާވަތަކީ "ޓުވިން އެލެފެންޓް" ބްރޭންޑާއި "ރޯސްޓް ކޮލެޓީ" ކަމަށެވެ. މި ދެ ބްރޭންޑު އުފައްދާފައިވަނީ ތައިލެންޑާއި ދެކުނު އެފްރިކާގަ އެވެ.

މި ދެބާވަތަކީ ތާޒާ މޭވާ ހިމެނޭ ދަޅުކާނާގެ ދެ ބާވަތެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި ޓުވިން އެލެފެންޓަކީ މީގެ ކުރިން ވެސް ދިވެހިންގެ މެދުގައި މަގުބޫލުވެފައިވަނީ "އެސްޓީއޯ އަނބު ދަޅު" ގެ ގޮތުގައި ކަމަށާއި، މީގެ އިތުރުން ރަނބުސްތާނާއި ލައިޗީ އާއި ސައްކެޔޮ އަދި ދަޅުގައި ބަންދުކޮށްފައިވާ ތަފާތު މޭވާގެ ބާވަތްތައް މި ބްރޭންޑުގައި ހިމެނޭނެ ކަމަށެވެ.

މި ދެ ބްރޭންޑް ވެސް ނެރެފައިވަނީ އެސްޓީއޯގެ ލޯގޯއާއެކުގަ އެވެ. އެ ކުންފުނިން ބުނީ ގަތުމުގެ ކުރިން އެސްޓީއޯގެ ލޯގޯއިންކަން ކަށަވަރު ކުރުން މުހިންމު ކަމަށެވެ.

އެސްޓީއޯއިން ބުނި ގޮތުގައި އެ ކުންފުނިން ބާޒާރަށް ނެރެފައިވާ "ރޯސްޓް ކޮލިޓީ" އަކީ މިދިޔަ އަހަރުގެ ރޯދަ މަހުވެސް ވިއްކި ދެކުނު އެފްރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށެވެ. މީގައި ހިމެނެނީ ފުރުޓް ކޮކްޓެއިލް އާއި ޕިއާސް އަދި އެޕްރިކޮޓާއި ޕީޗެވެ.

"ރޯސްޓް ކޮލިޓީ ފުރުޓް ކޮކްޓެއިލްއަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ފުރުޓް ކޮކްޓެއިލް އެވެ. މިކަން ކަށަވަރު ކޮށްދެނީ މީގައި އެއްވެސް ވަރަކަށް ފަޅޯ އެކުލެވިފައި ނުވާތީ އެވެ،" އެސްޓީއޯ އިން ބުނެފައިވެ އެވެ.