ހަބަރު

އެމްޕީއެލް އަށް ހިޔާނާތްވި މުވައްޒަފަކު ހައްޔަރުކޮށްފި

Jun 2, 2016

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް ގެ ފައިސާތަކަކަށް ހިޔާނާތްތެރިވި އެ ކުންފުނީގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.

އައްޑޫ ސިޓީ އެމްޕީއެލް އޮފީހުގެ ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެ އޮފީހުގައި މަސައްކަތް ކުރި، 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ. އަދި ކޯޓުން އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.