ވިޔަފާރި

އެންޒީ އިން ތާޒާ މޭވާގެ ޖޫސް ބާޒާރަށް ނެރެފި

Jun 3, 2016
1
  • ވަކިން ފުޅިއެއް ވިއްކަނީ 25ރ. އަށް
  • މިއީ ރާއްޖޭގެ އުފެއްދުމެއް
  • ތައްޔާރުކޮށްފައިވަނީ ތާޒާ މޭވާއިން

އެއްވެސް ބާވަތެއް އެއް ކުރުމެއް ނެތި، ތާޒާ މޭވާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޖޫސް އެންސިސް އިން ބާޒާރަށް ނެރެފި އެވެ.

ނޭޝަނަލް އާޓްގެލަރީގައި މިހާރު ކުރިއަށްދާ "އެފްއެންބީ ޝޯ 2016" ގައި އެންސިސް ކުންފުނިން ވަނީ އެންޒީ ބްރޭންޑުގައި އުފައްދާގައިވާ ތާޒާ ޖޫހުގެ ރަހަތައް ދައްކާލާފަ އެވެ. އެންޒީގެ މި ޖޫހުގެ ތެރޭގައި ދެ ރަހައެއް ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނެނީ ލުނބޯ އާއި ކަރާ އެވެ. މީގެ ފުޅިއެއް ވަކިން ވިއްކަނީ 25ރ. އަށެވެ. މި އުފެއްދުންތައް ތައްޔާރުކޮށްފައިވަނީ ހުޅުމާލޭގަ އެވެ.

"އެންޒީ" ބްރޭންޑަކީ އަމިއްލަ ގިނަ އުފެއްދުންތަކެއް ބާޒާރުގައި ވިއްކަމުންނެވެ. މި ގޮތުން ތައާރަފުކޮށްފައިވާ ބައެއް އުފެއްދުންތަކުގެ ތެރޭގައި ޓޫނާ އިން ޓޮމާޓޯ ސޯސް އާއި ގިތެޔޮ މިރުސް ސޯސް އަދި ކުޅި ކާޖާ ފަދަ ގިނަ ބާވަތްތަކެއް ހިމެނެ އެވެ. މީގެ އިތުރުން ވިއްކާ މަހުގެ ބާވަތްތަކުގެ ތެރޭގައި ވަޅޯ މަހާއި ކިހާކުރުގެ އިތުރުން ދަޅު މަހުގެ ބާވަތްތައް ހިމެނެ އެވެ.