ހަބަރު

މާލޭގައި ހިންގި ގްރޫޕް މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި، ހާލު ސީރިއަސް

Jun 3, 2016
2

މާލޭގައި ދެ ގްރޫޕެއްގައި ދެމެދުގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލައި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:45 އެހާކަން ހާއިރު ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މީހަކު ޒަހަމްވެ، ހޮސްޕިޓަކަށް ގެންގޮސް ފަރުވާދެމުން ދާ ކަމަށެވެ. އެ މާރާމާރީ ހިންގީ، ޝަހީދުއަލީ ހިނގުމާއި މަޖީދީމަގު ގުޅުނު ސަރަހައްދުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ބުނީ މަރާމާރީ ހިނގީ ދެ ބައެއްގެ ދެމެދުގައި ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ މިއަދު ހަވީރު ހިންގި މާރާމާރީއަކާ ގުޅިގެން ގެނައި މީހަކަށް ފަރުވާދެމުން އަންނަ ކަމަށެވެ. ހާލު ކްރިޓިކަލް ކަމަށް ބުންޏެވެ. އަދި އޭނާގެ އޮޕަރޭޝަން މިހާރު ކުރަމުން އަންނަ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ. އިތުރު މައުލޫމާތު ދެވޭނީ އޮޕަރޭޝަނަށް ފަހު ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.