ވިޔަފާރި

ފޯސީޒަންސްގެ ވޯވަށް ޕްރައިވެޓް ރިސޯޓު މި އަހަރު ހުޅުވަނީ

Jun 4, 2016

މަޝްހޫރު ރިސޯޓް ބްރޭންޑް، ފޯސީޒަންސް އިން ރާއްޖޭގައި ހަދާ ޕްރައިވެޓް ރިސޯޓް ބ. ވޯވަށުގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ "ހޮޓެލް ނިއުސްސޯސް" ގައިވާ ގޮތުން ގުދުރަތީ މުއްސަނދިކަމުން ފުރިފައިވާ ބ. އަތޮޅުގައި ތަރައްގީ ކުރާ މި ރިސޯޓަކީ ޕްރައިވެޓް ރިސޯޓެއްގެ ގޮތުގައި ހަދާ ތަނެކެވެ. މި ރިސޯޓުގައި ހުންނަނީ ހަ ކޮޓަރި އެވެ.

ފޯސީޒަން ގްރޫޕުން ބުނެފައިވާ ގޮތުގައި މި ހިތްގައިމު ކުޑަ ރަށުގައި 22 މީހުންގެ ޖާގަ ހިމެނޭނެ އެވެ. އަދި މި އަހަރު ފަހުކޮޅު ހުޅުވަން ތައްޔާރުވަމުންދާ މި ރަށުގެ ބޮޑުމިނުގައި ހުންނަނީ ގާތްގަނޑަކަށް ފަސް ހެކްޓަރެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ރަށުގައި ސްޕާ އަކާއި ޑައިވް ސެންޓަރެއްގެ އިތުރުން 19 މީޓަރުގެ ޕްރައިވެޓް ޔޮޓެއް އޮންނާނެ އެވެ. މީގެ އިތުރުން ފަތާ ފެންގަނޑަކާއި ލައިބްރެރީ ފަދަ ވަސީލަތްތައް މި ރިސޯޓުގައި ހިމެނެ އެވެ.

ފޯސީޒަންސްއިން ރާއްޖޭގައި ލަނޑާ ގިރާވަރާއި ކުޑަހުރާގައި ފަސް ތަރީގެ ރިސޯޓު ހިންގަމުންދެ އެވެ.