ބޭރު ކުޅިވަރު

އެސްޓަން ވިލާގެ ކޯޗުކަން ޑެމަޓިއޯ އަށް

އެސްޓަންވިލާގެ ކޯޗަކަށް ރޮބާޓޯ ޑެމަޓިއޯ ހަމަޖައްސައިފި އެވެ.

ޑެމަޓިއޯ ދުނިޔެ އަށް މަޝްހޫރުވީ 2012 ޗެލްސީގެ ކޯޗުކަމާ ހަވާލުވެ އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުންނެވެ. އޭނާ ވަނީ ޗެލްސީ އަށް އެފްއޭކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ.

ނަމަވެސް ޖެހިގެން އައި ސީޒަނުގައި މަގާމުން ވަކިކުރުމުން އޭނާ މިހާތަނަށް ހުރީ އެއްވެސް ޓީމަކާ ހަވާލުނުވެ އެވެ. މިހެންވެ މިދިޔަ ޖޫން މަހާ ހަމައަށް އޭނާ މުސާރަދެމުން އައީ ވެސް ޗެލްސީންނެވެ.

ޑެމަޓިއޯގެ ޓާގެޓަަށް ވާނީ އެސްޓަންވިލާ އަލުން ޕްރެމިއާ ލީގަށް ކޮލިފައިކޮށްދިނުމެވެ. މި މަސައްކަތާ ހަވާލުވުމަށްފަހު އޭނާ ބުނީ އެސްޓަންވިލާ އޮންނަންޖެހޭ މަގާމަށް ގެންދިއުމަކީ އޭނާގެ މަސައްކަތް ކަމަށާއި އެކުލަބަށް ކޯޗުކޮށްދިނުމަކީ ވަރަސް ހާއްސަ ޝަރަފެއް ކަމަށެވެ.