ކަނޑުމަތީގެ ހާދިސާ

ހިލަވެލި ދޯންޏެއް އަޑިއަށް ހިނގައްޖެ، މީހުން ސަލާމަތްކޮށްފި

މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ހިލަ ވެލި ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ. އަޑިއަށް ގޮސްފައިވަނީ "އައްޓަމަސް" ނަމަކަށް ކިޔާ ދޯންޏެކެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު ވިދާޅުވީ، މިއަދު އިރުއޮއްސި 6:40 ހާއިރު މާލެއިން ފުރައިގެން ވ. އަތޅަށް ދަތުރުކުރަމުންދިޔަ ހިލަވެލި ދޯންޏެއް އަޑިއަށް ގޮސްގެން އެކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

އަދުނާން ވިދާޅުވީ، ދޯނީގައި ތިބީ ތިން މީހުން ކަމަށާއި އެ ތިން މީހުން ވެސް މިހާރު ސަލާމަތްކޮށްފައިވާ ކަމަށެވެ. ދޯނީގެ ހާލަތާ ބެހޭ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށް އަދުނާން ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ހާބާ ކްރާފްޓް މިހާރު އެ ސަރަހައްދައް ދަތުރުކުރަމުންދާ ކަމަށް ވެސް އަދްނާން ވިދާޅުވި އެވެ.