ބޭރު ކުޅިވަރު

އިންޓަމިލާން ވިއްކާލައިފި

އިޓަލީގެ އިންޓަމިލާން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސަނިން ކޮމާސް ގްރޫޕުން ގަނެފި އެވެ.

އެކުންފުނިން ގަނެފައިވަނީ ކުލަބުގެ 70 ޕަސެންޓް ހިއްސާ އެވެ. އެއީ ކުލަބުގެ ކުރީގެ ރައީސް މަސިމޯ މޮރާޓީގެ އަތުގައި އޮތް 30 ޕަސެންޓް ހިއްސާ އާއި މިހާރުގެ ރައީސް އެރިކް ތޯހިރިގެ 70 ޕަސެންޓްގެ ތެރެއިން 40 ޕަސެންޓްގެ ހިއްސާ އެވެ.

ތޯހިރު ބުނީ މިގޮތަށް އަމަލުކުރީ ކުލަބަށް ފައިސާ އިތުރު ފައިސާ ހޯދައި، ކުލަބު ވަރުގަދަ ކުރަން ކަމަށެވެ.

އިންޓަމިލާނާ ހަވާލުވި ސަނިން ކޮމާސް ގްރޫޕުން ކުލަބު ހިންގުމަށް ކަނޑައަޅާ ޕްލޭން މާދަމާ އާއްމުކުރާނެ އެވެ. ނަމަވެސް އެކުންފުނިން ވަނީ މިހާރުގެ ކޯޗު ރޮބާޓޯ މަންޗީނީގެ މަގާމު ދެމިއޮންނާނެ ކަމަށް ބުނެފަ އެވެ.

އިންޓަމިލާން ހުސްވި ސީޒަން ނިންމާލީ އިޓާލިއަން ލީގުގެ ހަތަރުވަނާގަ އެވެ. މިއީ ފާއިތުވެދިޔަ ހަތަރު އަހަރުތެރޭގައި އެކުލަބުގެ އެންމެ މަތީ ވަނަ އެވެ. ތޯހިރުގެ ލީޑަރުކަމުގައި އިންޓަމިލާން ޗެމްޕިއަންސް ލީގް ކުޅެފައިނުވާއިރު އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރާނެ ކަމަށް އިޓަލީގެ ނޫސްތަކުން ބުނެ އެވެ.