މިއީ ވަރަށް ވެސް ޝައުގުވެރިކުރުވަނިވި ޓޮޕިކެކެވެ. ވަކިން ހާއްސަކޮށް މޮޑާން ރިލޭޝަންޝިޕްސް ނުވަތަ ޒަމާނީ ލޯތްބަށް ކަޅިއެއް އެއްލާއިރު ނުދައްކައި ދޫކޮށްލާ ވަރުގެ ވާހަކައެއް ނޫނެވެ.
ރާއްޖޭގެ ވަރަށް މަޝްހޫރު ސެލެބްރިޓީން ވެސް، އެމީހުންގެ ލޯބިވެރިންނަށް، އެމީހުންގެ ބަހާރު މޫސުމްތަކުގައި، އެންމެ ގަދަ އަށް މާ ފޮޅި، މާ ފޮޅުވިއިރު ދީފައި ހުރި އަގުބޮޑެތި ހަދިޔާތައް ފަހުން އަތުލައިފައި އެބަހުއްޓެވެ. ރުޅިވީމަ ދެން އެވީ ހަދިޔާކޮޅު އަތުލާށެވެ.
މި ފޯރިއެއްގެ ކުރީގައި އަދި އުޅެނީ ހަމައެކަނި އަންހެން ކުދިންނެއް ވެސް ނޫނެވެ. ބިޓު އެކްސް ބިޓަކަށް ބަދަލުކޮށްލާ ހިސާބުން، ބިޓަށް ދީފައި ހުންނަ ހަދިޔާތައް އަތުލުމަކީ މިއުޅޭ ފިރިހެންވެރިންގެ މެދުގައި ވެސް ދެން މާފޯރިއެއް ހިފައިގެން އުޅޭ ކަމެކެވެ.
ރޭގައި ދިމާވެގެން ވާހަކަ ދެއްކި އަންހެން ކުއްޖަކު ވެސް ބުނީ އެ ވާހަކަ އެވެ. މިހެންނެވެ.
"އޭނަ މިއަދު ގުޅި"
"ދެން ބުނީ އޭނަ އަހަންނަށް ހަދިޔާ އަށް ދީފައި ހުރި ހުރިހާ އެއްޗެއް އަނބުރާ ދޭށޯ"
އަންހެން ކުއްޖާ މިހެން ބުނުމުން އަހަންނަށް ހަމަ ހިނިގަނޑަކަށް ބިންދައިގެން ދެވުނީ އެވެ. އެއަށް ފަހު އަހަރެން ދިން ނަސޭހަތަކީ މިއީ އެވެ.
"އަނބުރާ ނުދޭތި ހަމަ އެކައްޗެއް ވެސް."
ދެން އަންހެން ކުއްޖާ ކުރީ ސުވާލެކެވެ.
"އެއީ ކީއްވެ؟"
"އޭނަ އަހަންނަށް ދިނީ ސްޕޯޓް ބޫޓަކާއި ނޯޓު ފޮތެއް. އެހެންވީމަ އެ އެއްޗެހި ދޭންވީ ދޯ؟"
"އޭރުން މިހާރު އޭނަ ގެންގުޅޭ މަންޖެ އެއަށް އަރުވައިގެން ގެންގޮސްދާނެއެއް ނޫން ޖިމަށް."
މި ކުއްޖަކު ހުރީ ހިސާބަކަށް ހަމަ ހިތުގައި ޖެހިފަ އެވެ.
"އެނގޭތަ. އަސްލުގަ، އަހަރެން އޭނާ އަށް ދިން ހުރިހާ އެއްޗެހިތަކެއް އަނބުރާ އެގޮތަށް ދޭށޭ ބުނެފި ނަމަ އޭނައަކަށް ނުދެވޭނެ އެ އެއްޗެހިތަކެއް. ސަބަބަކީ އަހަރެން އޭނަ ދެކެ ވީ ލޯތްބަކީ އަގުނުކުރެވޭނެ އެއްޗަކަށް ވުން."
"އޯ. ހައު ސްވީޓް،" މިހެން ކިޔާފައި އަހަރެން ދެން އެ ވާހަކައެއް ނިންމާލީ އެވެ.
އެހެންވީމަ ކުރުކުރުކޮށް މިކިޔައިދެވުނީ އެންމެ އަންހެން ކުއްޖެއްގެ ވާހަކަ އެވެ. އެއަށް ފަހު، ބިޓަށް އެގޮތަށް ދިން ހަދިޔާތައް ފަހުން އަތުލި މީހުންނަކީ ތިއީގެ ތެރެއިން ކޮން ބައެއްތޯ ބަލަމާ ހިނގާށެވެ. ކުޅޭނީ ކުޅިވަރެކެވެ.
ލޯބިވެރިޔާ ނުވަތަ ބިޓަށް ދިން ހަދިޔާތައް އަނބުރާ އަތުލި އެންމެން ޓެގްކުރާނީ އެވެ. އޯކޭ! ގޭމް ފެށުނީ އެވެ!