- މިސަރުކާރުގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ
- ސުޕްރީމް ކޯޓްގައި ހުރި މަރުގެ މައްސަލަތައް އަވަހާ ނިމޭނެ
- އަނިޔާކޮށް މީހުން މެރުމުގެ ހިޔާލު ދޫކޮށްލާ
މީހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ކޮށް މީހުން މަރާތަން ދެކެން މި ސަރުކާރު ޓޮލަރޭޓް ނުރާނެ ކަމަށާއި ސުޕްރީމް ކޯޓާ ހަމައަށް މިހާރު ގޮސްފައިހުރި މަރުގެ މައްސަލަތައް ވަރަށް އަވަހަށް ނިންމައިދޭނެ ކަމުގެ ޔަގީންކަން އެ ކޯޓުން ދީފައިވާ ކަމަށް ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އައިޖީއެމްއެޗްގައި ގާއިމްކުރާ 25 ބުރީގެ އިމާރާތުގެ ބިންގާ އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޖިނާއީ ކޯޓަށް ހުށަހަޅާފައި ހުރި މަރުގެ މައްސަލަތައް މިހާރު ހިނގަން ފަށާނެ ކަމަށެވެ. މިކަންކަމަކީ ރައީސް ބުނެގެން ކުރަންޖެހޭ ކަންކަމެއް ނޫން ކަމަށާއި މިއީ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކަމަށެވެ.
މީހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ދޭތަން ދެކެން މި ސަރުކާރުން ޓޮލަރޭޓް ނުކުރާނެ ކަމަށާއި ނަމަވެސް އެކަންކަން އަދުލު އިންސާފާއި ހަމައަށް ދާނީ ނިޒާމުގެ ތެރެއިން ކަމަށެވެ. ރައީސް ވިދާޅުވީ ދިވެހި މުޖުތަމައުން ފެންނަމުންދާ ބޮޑެތި ޖިނާއީ ކުށްތައް ހުއްޓުވޭނީ ކުށްވެރިންނަށް ޝަރުއީ ދާއިރާއިން ނިންމާ ނިންމުންތައް އަވަހަށް ތަންފީޒުކޮށްގެން ކަމަށެވެ. އަދި އެކަންކަން ތަންފީޒުކުރަން ސަރުކާރުން ބޭނުންވާ ކަމަށެވެ. އަދި މިސަރުކާރުގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށެވެ.
"މިސަރުކާރު ދެމިއޮތްހާ ހިނދަކު މަރުގެ ހުކުމް ތަންފީޒުކުރާނެ، މި ވިސްނުމެއް ހިޔާލެއް ބަދަލެއް ނުވާނެ، މި ކުށްތަކަށް އަރައިގަންނަ ބަޔަކުވެސް ދެ ވަނަ ހިޔާލެއްގައި ތިބި ކަމަށް ވަންޏާ އެ ހިޔާލު ދޫކޮށްލާ، މިކަހަލަ ބޮޑެތި ޖިނާއީ ކުށް ކުރުން ހުއްޓާލާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެފަދަ ބޮޑެތި ކުށްތައް ހުއްޓުވަން ސަރުކާރުންނާއި، ފުލުހުން އަދި ޝަރުއީ ދާއިރާތަކުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މި ކުށްތައް ހުއްޓުވޭނީ މި އިދާރާތަކުން ނިންމާ ނިންމުންތައް ތަންފީޒުވެގެން ކަމަށެވެ. އަދި މައްސަލަތައް އަވަހަށް ނިމިގެން ނޫނީ ކަންކަން މިކަންކަން ހައްލު ނުކުރެވޭނެ ކަމަށް ރައީސް ވިދަޅުވި އެވެ. މިހާރު ރައްޔިތު މީހާ ގޭގައި ހުންނައިރު ރައްކާތެރިކަމާ ދޭތެރޭ ސުވާލު އުފެދޭ ކަމަށާއި މިކަންކަމަކީ މުޅި ދިވެހި އުންމަތް ހިތާމަކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.މީހ