މިއަދަކީ މުލަ ރޯދަ ދުވަހެވެ. ރޯދަމަހު ތައުބާވެ ހެޔޮ އަމަލުތައް ކޮށް ދީނީ ކަންތައްތަކުގެ އިތުރުން ހިކުމާއި ފަލަ ވުމާއި މި ކަންތައްތަކަށް އަމާޒު ހިފާފައިވާ މަހަކަށްވެސް ރޯދަ މަސް ވެއެވެ.
ރޯދަމަހަކީ ފެޓު ހުންނަ އެއްޗެހި ބޭނުންކުރެވޭ މިންވަރު އެތައް ގުނައެއް އިތުރު މަހެކެވެ. އޭގެ ސަބަބުން ސިއްހީ އެތައް ގެއްލުންތަކެއްވެސް ލިބެ އެވެ. މީހާ ހިކުނު ކަމަށްވިޔަސް ހަށިގަނޑުގައި ފެޓު ހުންނަ މިންވަރު އިތުރުވެ އެވެ. އަބަދުވެސް މިދެއްކެނީ ހިކެން ބޭނުންވާ މީހުންނަށް ކުރެވިދާނެ ކަންތައްތަކުގެ ވާހަކަ އެވެ. ފެޓް މަދުކޮށް ހިމަ ދަނޑިކޮޅެއްހެން ހުރި ހަށިގަނޑުގައި މަސް ޖަހާލައި ރޫފަ ރަނގަޅުވާން ބޭނުންވާ މީހުންގެ ވާހަކަ އަބަދުވެސް މި އޮންނަނީ ދޫކޮށް ލެވިފަ އެވެ.
ރޯދަ މަހަކީ އެހެން މަސްތަކެކޭ އެއްގޮތަށް ކަސްރަތުކޮށް ހާއްސަ ޑައިޓުތައް ބޭނުންކުރެވޭނެ މަހެއް ނޫނެވެ. އެހެންވީމަ ރޯދަ ސްޕެޝަލް ޑައިޓެއް ވެސް އޮންނަން އެބަޖެހޭތާ އެވެ. ރޭގަނޑު ލިބޭ މަދު ވަގުތުކޮޅުގައި ތަރާވީސް ކޮށްލާ ޤުރުއާން ކިިޔަވާލަން ހޭދަކުރުމަށްފަހު ދެން ލިބޭ ވަގުތުކޮޅުގައި ކަސްރަތު ކުރުން ކަހަލަ ކަންކަން ގިނަ ފަހަރަށް އޮންނަނީ ނުކުރެވިފަ އެވެ. އެހެން ވީމަ ވަރަށް ތަފާތު ހާއްސަ ޑައިޓެއް ހޯދަން އެބަޖެހެ އެވެ.
ހެނދުނު ސައިގެ ބަދަލުގައި ފަށަން ޖެހޭނީ ހާރު ކެއުމުންނެވެ. ކޮންމެ ކޮންމެ އެއްޗެއް މިގަޑީގައި ކެއުން ރަނގަޅެއް ނޫނެވެ. ތިއުޅެނީ ޑައިޓެއްގަ އެވެ. އެކަން ވަރަށް ރަނގަޅަށް ހަނދާނުގައި ބަހައްޓަން ވާނެ އެވެ. ހާރުކާއިރު ބޮޑަށް ސަމާލުކަން ދޭންވާނީ މަސް އަދި ވިޓަމިން ޑީ ލިބޭ ކަހަލަ ކާނާ ބޭނުން ކުރާށެވެ. އެއީ ހޯމޯން ސަޕްލިމެންޓަށް ޑައިޖެސްޓިވް އެންޒައިމްސް ފޯރުކޮށްދިނުމަށްޓަކަ އެވެ. ވަރަށް ފައްކާ ރެސިޕީ އެއް ކިޔައިދީފާނަމަވެ.
އެންމެ ފުރަތަމަ ދެއެއް ނުވަތަ ތިން މޭޒުމަތީ ސަމްސާ ކާށި ތެލުގައި ކުކުޅު ބިސް ކައްކާލާށެވެ. މި ބިސް ކާން ވާނީ ހާއްސަ ސެލެޑަކާ އެކީގަ އެވެ. އެއީ އެވޮކާޑޯ ފޮއްޗެއް، ނުވަތަ އޮލިވްސް އާއި ސްޕިނެޗް ފަތް، ސީ ސޯލްޓު، އަސޭމިރުސް، ފިޔާ، ލޮނުމެދު ކޮށާލާފައި މިކްސް ކޮށްލައިގެން ހަދާ ސެލެޑެކެވެ. މިއާ އެކު ކަނޑުމަސް، ކުކުޅު ނުވަތަ ސޮސެޖްވެސް ބޭނުންކުރެވިދާނެ އެވެ. މި ކެއުމަށްފަހު ތާޒާ މެވާ ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.
ނިދި ހަމަ ކުރާތި!
އާންމުކޮށް ހާރުކަނީ އިރު އަރަން ގާތް ވީމަ ދޯ އެވެ. މައްސަލަ އެއް ނެތެވެ. ކައިގެން ނަމާދު ކޮށްލައިގެން ދެއެއް ނުވަތަ ތިން ގަޑިއިރު ނިދާލަން ވާނެ އެވެ. މިއީ މީހާ ސްޓްރެސް އިން ދުރުކުރުމަށް ކުރާ ކަމެކެވެ.
މާގިނައިރު ނުނިދައްޗެވެ. އެއީވެސް މާ ރަނގަޅު ކަމެއް ނޫނެވެ. ރޯދައަށް ހުރެގެން މާގިނައިރު ނިދުމަކީ ދީނީ ގޮތުން ބަލާއިރު އެހާ އެދެވިގެންވާ ކަމެއް ނޫނެވެ.
ހަމައެކަނި ނިދި ހަމަކޮށްގެން ރަނގަޅަށް ހާރުކެޔަސް ފަރު ޖެހޭކަށް ނެތެވެ. ކަސްރަތުވެސް ކުރަން އެބަޖެހެ އެވެ. އެންމެ ރަނގަޅީ އިރު އޮއްސެން ގަޑި އިރެއްވަރު ހުއްޓަ އެވެ. ކުދި ކިޔާނެކަން އެނގެ އެވެ. އެކަމަކުވެސް ކުރާނެ ކަމެއް ނެތެވެ. އެހާ ފަސޭހައިން ފަލައެއް ނުވޭވެނެ އެވެ. ކަސްރަތޭ ބުންޏަސް މާ ބުރަ ކަމެއް ނޫނެވެ. 20- 45 މިނެޓާ ދެމެދުގެ އެރޮބިކްސް ކްލާހަކަށް ބޯދިއްކޮށްލަން ރަނގަޅެވެ. ނޫނީ އެހާއިރު ބައިސްކަލް ދުއްވާލުން ނުވަތަ ހިނގާލާ ދުވެލާ ހެދުން ރަނގަޅެވެ.
މިހާރު ތިހުރީ ހަމަ ވަރު ދެރަވެގެން ގޮސް އަވަދިވާން ކައިރިވެފަ އެވެ. ބަންގި ގޮވަން 15 ވަރަކަށް މިނެޓު ހުއްޓާ ކަސްރަތުކޮށް ނިންމާލަން ވާނެ އެވެ. އެހެން ވީމަ ޕްރޮޓީން ލިބޭ ކަހަލަ ކާނާ ރޯދަ ވީއްލަން ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ބޮޑަށް ހަމަ ރަނގަޅީ ގައިގައި ވަރުޖެހޭ ކަހަލަ ޖޫހާއި ކާނާ ބޭނުންކުރުމެވެ. މޭވާ އާ ތަރުކާރީއަށް އިސްކަން ދޭންވާނެ އެވެ.
ދެން ރޯދަ ވީއްލާ ގަޑީގައި ކައިފައި ހާރުކާން ވާންދެން އެއްޗެއް ނުކައި ނުހުންނައްޗެވެ. ނިދުމުގެ ކުރިން ކާންވާނެ އެވެ. ފެންވެސް ބޯންވާނެ އެވެ. އަދި އެއް ކަންތަކެވެ. 250 - 500 މިލިގްރާމްގެ މެގްނީޝިއަމް ލިބޭ އެއްޗެއްވެސް ކާންވާނެ އެވެ. އެކަމަކު ބޭސް ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށްފަހު އެވެ.