ގާސިމް އިބްރާހިމް

ތޮއްޑޫގައި ގާސިމް ބިނާކުރި މިސްކިތް ހުޅުވައިފި

Jun 6, 2016
1

ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ގާސިމް އިބްރާހިމްގެ ދެކަނބަލުން އއ. ތޮއްޑޫގައި ބިނާކޮށްދެއްވި މިސްކިތް މިއަދު ހުޅުވައިފި އެވެ.

"މަސްޖިދުލް އައިޝާ" ގެ ނަމުން ނަން ދީފައިވާ މި މިސްކިތް މިއަދުގެ މެންދުރު ނަމާދަށް ހުޅުވައިދެއްވީ ގާސިމް އިބްރާހިމް އަނބިކަނބަލުން އައިޝާގެ ބައްޕަ އެެވެ. އޭނާ މިސްކިތް ހުޅުވައި ދެއްވުމުން އިމާމުވެ މެންދުރު ނަމާދުކުރެއްވީ ޝައިހު އިލްޔާސް ހުސައިން އެވެ.

މިސްކިތް މިއަދު ހުޅުވި ނަމަވެސް ރަސްމީކޮށް ހުޅުވަން ނިންމާފައި ވަނީ މައްކާގެ ހަރަމްފުޅުގެ އިމާމަކު ގެނެސްގެނެވެ.

ގާތްގަނޑަކަށް 1800 މީހުނަށް ނަމާދު ކުރެވޭ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ އެމަނިކުފާނުގެ އެދުމަކީ ހުރިހާ ރައްޔިތުން ދީނީ ކަންކަމަށް ސަމާލުވެ މިސްކިތް ފަޅުފިލުވައި ދިނުން ކަމަށެވެ.