ފުރާވަރުގެ ކުދިން ކުށުގެވެށިން ދުރު ކުރުމަށް ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ 40 ވަނަ ރެޑީ ކޭމްޕް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓާއި ރެޑީ ކޭންޕް ބެޖުހަވާލުކޮށްފި އެވެ.
މިމަހުގެ ދޭކުން ހަތަރަކަށް މި ކޭމްޕް ކުރިޔަށް ދިޔައިރު ތައުލީމީ މަރުކަޒުގެ 66 ދަރިވަރުން ބައިވެރިވި އެވެ. އޭގެ ތެރޭގައި 35 އަންހެން ދަރިވަރުންނާއި 31 ފިރެހެން ދަރިވަރުން ބައިވެރިވެ ކޭންޕް ފުރިހަމަކުރި އެވެ.
ރެޑީކޭންޕް ނިންމުމުގެ ރަސްމިއްޔާތު ގެ ޝަރަފްވެރި މެހުމާނު އަޕަ ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފު ވިދާޅުވީ މި ކޭންޕުގެ މަގުސަދު ހާސިލްކުރަން ކޭންޕުން ދަސްވި ފިލާވަޅުތަކުގެެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެދިވެޑައިގަންވާ ކަމަށެވެ.